މި އަހަރުގެ ގުރުއާން ކިޔެވުމުގެ މުބާރާތް މިރޭ ފަށައިފި އެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިރެއިން ފެށިގެން މި މަހުގެ 26 އާއި ހަމައަށެެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ، ބަލައިގެން ކިޔެވުމުގެ ބައި ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ހަތަރު ވަނަ ފަންގިފިލާ (އޮޑިޓޯރިއަމް) ގައި ކަމަށެވެ.
Advertisement

އަދި ނުބަލާ ކިޔެވުމުގެ ބައި ކުރިއަށް ދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ފަސްވަނަ ފަންގިފިލާ (މަލްޓިޕާޕަސް ހޯލު) ގައި ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ މިއަހަރުގެ މި މުބާރާތުގައި 119 މުއައްސަސާއަކުން 1،037 ފަރާތަކުން ވާދަކުރާނެ ކަމަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ހާފިޒުންގެ ގޮފީގައި 31 ހާފިޒުންނެވެ.
މިއަހަރުގެ މި މުބާރާތަކީ ހާފިޒުންގެ ގޮފީގައި އެންމެ ގިނަ އަދަދަކަށް ބައިވެރިވެފައިވާ އަހަރު ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.







