ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ނޯތް ސެންޓްރަލް ޕޮލިސް (އއ، އދ، ކ، ވ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 32 އަހަރުގެ މީހާ އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު މުއްދަތު ޖެހުމަށް އެ އަތޮޅު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ވަނީ ދޫކޮށްލާފަ އެވެ. ފަހުން އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ އިތުރު މައްސަލައެއް ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.