ރަޝިއާއިން ރޫމޭނިއާގެ ވައިގެ ސަރަޙައްދު ފަޅާލައިފި

ޢަބްދުﷲ ޖުނައިދު | 33 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2025 13:28
ރަޝިއާގެ ޑްރޯނަކުން މިސައިލެއް ފޮނުވާލަނީ: ރަޝިއާއިން ރޫމޭނިއާގެ ވައިގެ ސަރަޙައްދަށް ވަދެ ޔުކްރޭނަށް ޙަމަލާ ދިނުމުން ނޭޓޯއިން ވަނީ ހިތްހަމަނުޖެހިފައި.
ރަޝިއާގެ ޑްރޯނަކުން މިސައިލެއް ފޮނުވާލަނީ: ރަޝިއާއިން ރޫމޭނިއާގެ ވައިގެ ސަރަޙައްދަށް ވަދެ ޔުކްރޭނަށް ޙަމަލާ ދިނުމުން ނޭޓޯއިން ވަނީ ހިތްހަމަނުޖެހިފައި.
ޚުލާސާ

ނޭޓޯގެ މެމްބަރު ޤައުމެއް ކަމަށްވާ ރޫމޭނިއާގެ ވައިގެ ސަރަޙައްދަށް ރަޝިއާގެ ޑްރޯން ވަދެ ޔުކްރޭނަށް ޙަމަލާދިނުމުން ރޫމޭނިއާގެ ޕައިލެޓުންނަށް ރަޝިއާގެ ޑްރޯންތަކާއި ކުރިމަތިލާކަށް ނުކެރުނު.

ޔޫކްރޭންގެ ތަންތަނަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ނޭޓޯގެ މެންބަރު ޤައުމެއް ކަމަށްވާ ރޫމިނިއާގެ ވައިގެ ސަރަހައްދަށް ވަދެއްޖެއެވެ.

ރޫމިނިއާގެ އޮފިޝަލުން ވަނީ ރަޝިއާގެ ޑްރޯންތަކެއް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާކަން ބައިނަލްއަޤްވާމީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ޔޫކްރޭނާއި ރޫމިނިއާގެ މަސްދަރުތަކުން ބުނާ ގޮތުގައި ގާތްގަނޑަކަށް 50 މިނެޓް ވަންދެން ރަޝިއާގެ ޑްރޯނެއް ރޫމޭނިއާގެ ވައިގެ ސަރަޙައްދުގައި އުޅުނެވެ.

މިއާއި އެކު ރޫމިނިއާ އިން ވަނީ އެފް-16 ގެ ދެ ފަޔަރ ޖެޓް ރަޝިއާގެ ޑްރޯންއާއި ކުރިމަތިލުމަށް ފޮނުވާފައެވެ. ނަމަވެސް ކުރިމަތިވެދާނެ ނުރައްކާތަކުގެ ސަބަބުން ރޫމޭނިއާގެ ޕައިލެޓުންނަށް ރަޝިއާގެ ޑްރޯނަށް ޙަމަލާ ދޭކަށް ނުކެރުނު ކަމަށް މަސްދަރުތަކުން ބުނެއެވެ.

ރަޝިއާއިން ވަނީ މި ފަހުން ޕޮލެންޑްގެ ވައިގެ ސަރަހައްދަށް ވެސް ޤަވާއިދާއި ޚިލާފަށް ވަދެފައެވެ.

ރޫމިނިއާ ނޭޓޯގެ މެމްބަރަކަށް ވީ މާރޗް 29، 2004 ގައެވެ. އެ ދުވަހު އިތުރު ހަ ގައުމެއް ވެސް ނޭޓޯ އާއި ގުޅުނެވެ. އެއީ ބަލްގޭރިއާ، އެސްޓޯނިއާ، ލެޓްވިއާ، ލިތުއޭނިއާ، ސްލޮވާކިއާ، އަދި ސްލޮވޭނިއާއެވެ. މިއީ ރަޝިއާ ކައިރިޔަށް ނޭޓޯ ފުޅާކޮށް ރަޝިއާ އަށް ބިރު ދެއްކުމަށް ކުރަމުންދާ މަސައްކަތްތަކެއްކަން ޕޫޓިން ފާހަގަ ކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޖިންނި

32 ދުވަސް ކުރިން - 08:31

ރުމޭނިޔާ ވައިގެ ސަރަހައްދަށްވަނީމަ ގޯސްވަނީ؟ އިސްރާއީލް ބޭނުން ޤައުމަކަށް ވަދެ އެޓޭކްވެސް ކުރެވޭ…