މާލޭގެ މަޖީދީ މަގުގައި ރޭ ފަތިހު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހަކަށް، އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މިރޭ ހާމަކޮށްފި އެވެ.
ފުލުހުން ބުނީ، މި މާރާމާރީގައި އަނިޔާވެފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 5:15 ގައެވެ.
ހަމަލާގައި ޒަހަމްކޮށްލި މި މީހާއަށް އަދިވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ތަހުގީގުތައް ކުރިއަށް ދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.