ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ އެ ހިދުމަތަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާއި ގުޅިގެން ކުރެވުނު ތަހުގީގު ތަކުން އެނގިފައިވާ ގޮތުގައި އެަފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބި ގައިދީން ބައިވެރިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެއާއެކު މި މަހުގެ 11 ވަނަ ދުވަހު މާފުށި ޖަލުގައި އޮޕަރޭޝަނެއް ހިންގާފައި ވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެކި ބްރޭންޑްތަކުގެ 33 ފޯނާއި، އިއާޕޮޑް، ހެޑްސެޓް، ޗާޖިން ކޭބަލް އަދި ސިމްކާޑު ފެނިފައި ވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުންޏެވެ.
ސްކޭމް މަދުކުރުމަށްޓަކައި ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން މި ފދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ފުލުހުން ބުންޏެވެ.









