ފުލުހުން މިއަދު ހިންގި ކައުންޓާ ޓެރަރިޒަމްގެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ތަން ބަލާ ފާސްކޮށް ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައި ވާކަމަށެވެ.
އޭގެ އިތުރުން ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ކޯޓު އަމުރުގެ ދަށުން ނަގާފައި ވާކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ޝަރީއަތް ހިންގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި މަލޭގައި ފުލުހުން ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
މާލޭގައި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަލާ ފާސްކުރީ އޯކިޑުމަގުގައި ހުންނަ ގުދަނެކެވެ. މި އޮޕަރޭޝަން އާއި ގުޅިގެން މާފުށީ ޖަލުގައި ވެސް މިއަދު ވަނީ އޮޕަރޭޝަނެއް ހިންގައިފަ އެެވެ. އެނިގފައިވާ ގޮތުގައި މާފުށި ޖަލުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ޖަލުގައި ހަމަނުޖެހުމެއްވެސް ހިނގައިދިޔަ އެވެ.









