ބިދޭސީއަކު ލޮރީއެއް ދަށުވެ، ތިލަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައިޝަތު ޝިފްނާ ހުސައިން | 37 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2025 18:52
ކ. ތިލަފުށި.--ފޮޓޯ: ސްކައިނިއުސް
ކ. ތިލަފުށި.--ފޮޓޯ: ސްކައިނިއުސް
ޚުލާސާ

މި ހާދިސާގައި ލޮރީ ދުއްވި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ.

ލަންކާ ބިދޭސީއެއް ލޮރީއެއްގެ ދަށުވެ ކ. ތިލަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ތިލަފުށީގައި އެސްކެވޭޓާ އެއް ކައިރީ މަސައްކަތް ކުރަން ހުރި މީހެއް ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އެމީހާގެ ގައި މަތިން ލޮރީ ގޮސްފައިވާ މައްސަލަ މިއަދު 14:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސްރީލަންކާގެ ފިރިހެނަކަށް ކަމަށާއި އެ މީހާއަށް މިހާރު އައިޖީއެމްއެޗުން ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ލޮރީ ދަށުވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ލޮރީ ދުއްވި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެ ލޮރީ މިހާރު ވަނީ ޓޯ ކޮށްފައިކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ، ވިގްނެޝް އަންނަދުރައި (28އ) އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%