ކާބޯތަކެތި މަދުނުވާވަރަށް ގަނެވޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

އައިޝަތު ޝިފްނާ ހުސައިން | 19 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2025 17:51
އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަ.--ފޮޓޯ: ކޮރަލްގްލާސް
އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަ.--ފޮޓޯ: ކޮރަލްގްލާސް
ޚުލާސާ

ބޭރު ފައިސާއަށް ބަރޯސާވުން ކުޑަ ކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ރަނގަޅު ފާޓައިލް ބިންތަކަށް އިންވެސްޓް ކުރެވިގެންދާނެ ކަމަށް އެސްޓީއޯއިން ބުނި.

ކާބޯތަކެތީގެ އަސާސީ ބާވަތްތައް މަދުނުވާވަރަށް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން މިއަދު ދީފި އެވެ.

އެސްޓީއޯއިން ނެރުނު ޕްރެސް ބްރީފިންއެއްގައި މިއަދު ބުނީ ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނިމިކް، ޑިވެލޮޕްމަންޓް އެންޑް ޓްރޭޑިން ކަނޑައަޅުއްވާފައިވާ ހަނޑޫ، ހަކުރު އަދި ފުއް ހިމެނޭ ލިސްޓަށް އިތުރު 23 ބާވަތެއް ކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން އިތުރުކުރެވުނު 23 ބާވަތް ރާއްޖެއަށް އެތެރެކޮށް، ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް އެސްޓީއޯއާއި ހަވާލުކުރެވިގެން ދިއުމާއެކު، 15 އޮކްޓޫބަރުގެ ކުރިން ހަމަޖައްސައި، މި މަސައްކަތުގެ ކަންކަން ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އަދި އެ އިތުރުކުރެވޭ 23 ބާވަތުގެ ކާބޯތަކެތި، ހެޔޮ އަގުގައި އަބަދުވެސް ބާޒާރުގައި ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދިނެވެ. އެގޮތުން ނިމިދިޔަ ހަފްތާއިން ފެށިގެން އޮރެންޖު ރީޓެއިލްކޮށް 35 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވަނީ ބާޒާރަށް ނެރިފައި އެވެ. އަދި ކުރިއަށް އޮތް ހަފްތާގައި އޮރެންޖުގެ ސްޓޮކް އިތުރުކޮށް، އާފަލު ވެސް ބާޒާރަށް ނެރެވިގެންދާނެ ކަމަށް އެ ބްރީފްގައިވެ އެވެ.

މި ކަންކަމަށް ތައްޔާރުވުމަށްޓަކައި އެސްޓީއޯއިން މިހާރު ވަނީ ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ގާއިމް ކޮށްފަ އެވެ. ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން މި 23 ބާވާތުގެ ތެރެއިން ރާއްޖޭގައި އުފެއްދޭނެ ބާވަތްތަށް ދެނެގަނެ އެ ބާވަތްތައް ހެއްދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އަދި ބޭރު ފައިސާއަށް ބަރޯސާވުން ކުޑަ ކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ރަނގަޅު ފާޓައިލް ބިންތަކަށް އިންވެސްޓް ކުރެވިގެންދާނެ ކަމަށްވެސް ބުންޏެވެ.

އެސްޓީއޯއަކީ ކާޑުގެ ބާވަތްތައް ކަށަވަރު ކުރުމުގައި ދިގު ތާރީހަކާއި ތަޖުރިބާ ހުރި ކުންފުންޔެކެވެ. މިއާއެކު އަމާޒަކީ، މި ބަދަލުގެ ސަބަބުން އަސާސީ ކާބޯތަކެތި ހެޔޮ އަގެއްގައި ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާނެކަން ކަށަވަރުކޮށްދިނުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%