ކައުންޓާ ޓެރޮރިޒަމްގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފުލުހުން ހިންގައިފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ޝަރީއަތް ހިންގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި މަލޭގައި ފުލުހުން ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ވަނީ އޯކިޑްމަގުގައި ހުރި ގުދަނެއް ބަލާ ފާސްކޮށްފަ އެވެ.
މި އޮޕަރޭޝަން އާއި ގުޅިގެން މާފުށީ ޖަލުގައި ވެސް މިއަދު ވަނީ އޮޕަރޭޝަނެއް ހިންގައިފައިކަމަށް މައުލޫމާތު ލިބެ އެެވެ. އަދި މިކަމާ ގުޅިގެން އެ ޖަލުގައި ހަމަނުޖެހުމެއް ވެސް ދިޔަ ކަމުގެ މައުލޫމާތު ލިބެ އެވެ.
މި އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން ހާމަކުރެވެން ހުރި މައުލޫމާތު މީޑިއާއަށް ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.









