Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާސެނަލް ކޮޅަށް ހިލޭ ޖެހުމެއް ވައްދާލާ މޭ ފުއްޕާފާ އުޅުނު ސޮބޮސްލައި އަށް ޕޯޗުގަލުން ރަނގަޅު ފިލާވަޅެއް ދީފި

އާސެނަލް ކޮޅަށް ހިލޭ ޖެހުމެއް ވައްދާލާ މޭ ފުއްޕާފާ އުޅުނު ސޮބޮސްލައި އަށް ޕޯޗުގަލުން ރަނގަޅު ފިލާވަޅެއް ދީފި

އައިޝަތު އީމާން
364 ދުވަސް ކުރިން - 10 ސެޕްޓެންބަރު 2025 02:15
މެޗުން ބަލިވުމާއެކު ސޮބޮސްލައި މާޔޫސްވެފައި.
މެޗުން ބަލިވުމާއެކު ސޮބޮސްލައި މާޔޫސްވެފައި.
ޚުލާސާ

ވޯލްޑް ކަޕް ކޮލިފައިންގައި ހަންގޭރި މައްޗަށް ޕޯޗުގަލުން މޮޅުވެފައިވާއިރު ހަ ޕޮއިންޓާއެކު އެ ގްރޫޕުގެ އެއްވަނައިގައި އޮތީ ޕޯޗުގަލް. ދެވަނައިގައި އޮތީ އަރމޭނިއާ.

އިނގިރޭސީ ޕްރިމިއަރ ލީގުގައި ނިމިދިޔަ ހަފްތާގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގައި އާސެނަލް ކޮޅަށް ހިލޭ ޖެހުމެއް ވައްދާލާ، އެކަމުގެ އުފާ ރަނގަޅަށް ފާޅުނުކުރެވި އުޅެނިކޮށެ ހަންގޭރީ ގެ ސޮބޮޒްލައި އަށް ޕޯޗުގަލުން ރަނގަޅު ފިލާވަޅެއް ދީފިއެވެ.

އޭނާގެ ހިލޭ ޖެހުން ގޯލަށް ވައްދާލާ އެވަރަށް އުފާފާޅުކުރިއިރު ޖެހިގެން އޮތް ހަފްތާގައި ރޮނާލްޑޯއާ ދެކޮޅަށް ނޫނީ ޕޯޗުގަލާ ދެކޮޅަށް ކުޅެންޖެހޭ މެޗެއް އޮތްކަން ފަހަރެއްގައި އޭނާއަށް ނޭނގި އޮތުމަކީ ވެދާނެ ކަމެކެވެ. އެހެން ކަމުން އެވަރުގެ ކަމެއް ވުން އެކަށީގެންވެ އެވެ.

ހަންގޭރި ގެ ޕުސްކަސް އެރީނާގައި މިރޭ ކުޅުނު މެޗު ޕޯޗުގަލުން ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ގޯލު 21 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހަންގޭރިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކުރީ ފޯވާޑަށް ކުޅޭ ބާނަބަސް ވަރުގާ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސޯލްޓް ނަގީ ނަގައިދިން ކްރޮހަކުން ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އޭގެ 15 މިނެޓު ފަހުން ޕޯޗުގަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަންސެލޯގެ އެހީތެރިކަމާއެކު ބެނާޑޯ ސިލްވާ އެވެ.

Advertisement

Advertisement 1

ދެވަނަ ހާފުގައި 58 ވަނަ މިނެޓުގައި ޕޯޗުގަލަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީއެއްގައި ކްރިސްޓިއާނީ ރޮނާލްޑޯ އެވެ. މި ޕެނަލްޓީ ޕޯޗުގަލަށް ހޯދައިދީފައިވަނީ ވެސް އޭނާއެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ހަންގޭރިއަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކުރި ވަރުގާ އެވެ. މި ގޯލުވެސް އޭނާ ކާމިޔާބުކުރީ ނެގި ކްރޮހަކުން ގޯލަށް ވައްދާލައިގެންނެވެ. މި ކްރޮސް ނަގައިދިނީ ލޮއިކް ނެގޯއެވެ. މި ގޯލަށް ފަހު މާ ބޮޑަށް އުފާފާޅު ނުކުރުމަށް ހަންގޭރި ކުޅުންތެރިން ކަިއިރީގައި އިލްތިމާސްކުރިތަން ސޮބޮސްލައިގެ ފަރާތުން ފެނިގެންދިޔައެވެ. އިތުރު ގޯލެއް ހަންގޭރި ކޮޅަށް ވަދެދާނެތީ ކަމަށް ބެލެވެ އެވެ.

ވީ ވެސް އެހެންނެވެ. އޭގެ ދެ މިނެޓު ފަހުން ކަންސެލޯ ވަނީ ގޯލެއް ޖަހައި ޕޯޗުގަލް މޮޅުކޮށްދީފައެވެ. މި ގޯލު އޭނާއަށް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދިނީ ބެނާޑޯ ސިލްވާ އެވެ.

މި މޮޅާއެކު ވޯލްޑް ކަޕް ކޮލިފިކޭޝަންސް ގްރޫޕް އެފްގެ ތާވަލުގެ އެއްވަނައިގައި އޮތީ ޕޯޗުގަލެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު އަރމޭނިއާ އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާއެކު އޮތީ ހަންގޭރި އެވެ. ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައި ފުލުގައި އޮތީ އަޔަލެންޑެވެ. އަޔަރލެންޑާއި އަރމޭނިއާ ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބުކުރީ އަރމޭނިއާ އެވެ.

މިރޭ ކުޅުނު ޔޫރަޕުގެ އެހެން މެޗުތަކުގެ ނަތީޖާތައް:

އަޒަރުބައިޖަން 1-1 ޔުކްރެއިން

ފްރާންސް 2-1 އައިސްލެންޑް

ބޮސްނިއާ 1-2 އޮސްޓްރިއާ

ސައިޕްރަސް 2- ރޮމޭނިއާ

ނޯވޭ 11-1 މޮލްޑޮވާ

އަލްބޭނިއާ 1-0 ލަޓްވިއާ

ސާބިއާ 0-5 އިންގްލެންޑް

ވޯލްޑްކަޕް ކޮލިފައިންހަންގޭރީޕޯޗުގަލް
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ާއޭސްއެނަލް

364 ދުވަސް ކުރިން - 12:58

ބަލިކޮއްލާފަ އޮންނާނީ ހަމަ ހިލޭ ޖެހުމެއް ޖަހާފަ 😂

ގުޅޭ ޚަބަރުތައް

ޕޯޗުގަލްގައި މޫނު ނިވާކުރުން މަނާކުރާ "ބުރުގާ ގާނޫނު" ތަސްދީގުކޮށްފި

ޕޯޗުގަލްގައި އަންހެން އިސްލާމީ ހެދުން އެޅުން މަނާކޮށްފި

13 ދުވަސް ކުރިން - 12:23

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

38 ދުވަސް ކުރިން - 18:01

ފަހުވަގުތު ޖެހި ލަނޑުން ސްޕެއިނުން ޕޯޗުގަލް “ފައްތާލައިފި”

ފަހުވަގުތު ޖެހި ލަނޑުން ސްޕެއިނުން ޕޯޗުގަލް “ފައްތާލައިފި”

64 ދުވަސް ކުރިން - 02:41

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

68 ދުވަސް ކުރިން - 06:25

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

68 ދުވަސް ކުރިން - 06:12

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

68 ދުވަސް ކުރިން - 23:26