މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީ ސިއްރުކުރުމުން ނޫސްވެރިން އިހުތިޖާޖު ކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 8 ގަޑިއިރު ކުރިން - 9 ސެޕްޓެންބަރު 2025 17:32
ކޮމެޓީ ސިއްރު ކުރުމުން ނޫސްވެރިން މަޖިލިސް ސަރަހައްދުގައި އިހުތިޖާޖުކުރަނީ: ފޮޓޯ/ ދައުރު----
ކޮމެޓީ ސިއްރު ކުރުމުން ނޫސްވެރިން މަޖިލިސް ސަރަހައްދުގައި އިހުތިޖާޖުކުރަނީ: ފޮޓޯ/ ދައުރު----
ޚުލާސާ

މަޖިލީހަށް މިހާރު ހުށަހެޅިފައިވާ މީޑިއާ ބިލު މަޖިލީހުން ބޭރުކުރުމަށް ގިނަ އަދަދެއްގެ ނޫސްވެރިން އަންނަނީ ކޮންމެ ދުވަހަކުހެން އަޑު އުފުލަމުން.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުލޭޝަން ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމުން، އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި ނޫސްވެރިން އިހުތިޖާޖު ކޮށްފި އެވެ.

ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފައިވަނީ މި ބިލަށް ލިބިފައިވާ ކޮމެންޓުތަކުގެ ތެރޭގައި ޒާތީ މައުލޫމާތު ހިމެނޭކަމަށް ބުނެ އެވެ. ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. މެންބަރު ނަސީމް ފާހަގަކުރެއްވި ގޮތުގައި، ބިލަށް ފޮނުވާފައިވާ ހިޔާލުތަކުގެ ތެރޭގައި، ހިޔާލު ފޮނުވި މީހުންގެ ޒާތީ މައުލޫމާތު ހުއްޓެވެ. އެހެންކަމުން މީހުންގެ ޒާތީ މައުލޫމާތު ލައިވް ކޮމިޓީއެއްގައި އާންމުކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ނިންމި ނިންމުމަށް ކޮމިޓީގެ ގިނަ މެންބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ. އެއާއެކު ކޮމިޓީ ކަވަރުކުރަން ތިބި ބައެއް ނޫސްވެރިން ވަނީ އެ ނިންމުމާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.

މަޖިލީހަށް މިހާރު ހުށަހެޅިފައިވާ މީޑިއާ ބިލު މަޖިލީހުން ބޭރުކުރުމަށް ގިނަ އަދަދެއްގެ ނޫސްވެރިން އަންނަނީ ކޮންމެ ދުވަހަކުހެން އަޑު އުފުލަމުންނެވެ. މީގެ އިތުރުން 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.

މީގެކުރިން ވެސް މަޖިލީހުން މި ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރަން ޑިމާންޑުކޮށް މުލިއާގެއާއި ރައީސް އޮފީސް ސަރަހައްދުގައި އިހުތިޖާޖު ކޮށްފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%