މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށފި ކަމަށް ވަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެ ވުޒާރާއިން ބުނީ ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އެރީ އިއްޔެ ކަމަށެވެ. މިއީ މި އަހަރުގެ ފަތުރުވެރިކަމުގެ ޓާގެޓަށް ވާސިލުވުމަށް ލިބުނު ކުރިއެރުމެއް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. މި އަހަރުގެ ފަތުރުވެރިކަމުގެ ޓާގެޓަކަށް ސަރުކާރުން އަމާޒުހިފާފައިވަނީ 2.5 ފަތުރުވެރިން ރާއްޖެ ގެންއުމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ ހަފްތާގައި 33،773 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާ އިރު %23.6 އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިފަ ފަތުރުވެރިން އައިސްފައިވާ ގައުމުތައް:
ޗައިނާ - 240،828 ފަތުރުވެރިން
ރަޝިއާ -182،315 ފަތުރުވެރިން
އިނގިރޭސިވިލާތް -136،619 ފަތުރުވެރިން
އިޓަލީ -107،736 ފަތުރުވެރިން
ޖަރުމަނު-104،764 ފަތުރުވެރިން