ތޫނިސްގެ ބަނދަރުގައި އޮތް ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ މައި ބޯޓަކަށް ޑްރޯން ޙަމަލާއެއް ދީފިއެވެ. ބެލެވޭ ގޮތުގައި މި ޙަމަލާ އަކީ އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ހުރަސްތަކާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން އިސްރާއީލުން ދިން ޙަމަލާއެކެވެ.
ޚަބަރު ލިބޭ ގޮތުގައި ޙަމަލާ އަމާޒު ވެފައި ވަނީ ޕޯޗުގަލްގެ ދިދަ ޖަހާފައިވާ "ފެމެލީ ބޯޓް" އަށެވެ. މި ޙަމަލާގައި އެ ވޯޓުގައި ރޯވި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.