Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް

މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
270 ދުވަސް ކުރިން - 8 ސެޕްޓެންބަރު 2025 11:42
މަރަދޫފޭދޫއަށް ނަގޫރޯޅި އެރުމުގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލައިފައި: ފޮޓޯ/ މުހައްމަދު އިމްތިޔާޒު (ފޭސްބުކް)
މަރަދޫފޭދޫއަށް ނަގޫރޯޅި އެރުމުގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލައިފައި: ފޮޓޯ/ މުހައްމަދު އިމްތިޔާޒު (ފޭސްބުކް)
ޚުލާސާ

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 08:45 ހާއިރު.

އައްޑޫ ސިޓީ މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި އެރަށުގެ ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު "ޚުލާސާ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ނަގޫރޯޅީގެ ސަބަބުން އެރަށުގެ ހަތް ގެއެއްގެ ފުރާޅު އެއްލާލައިފައިވާ ކަމަށެވެ. މީގެ ތެރޭގައި އެރަށު ހިނަވާގެއާއި މިސްކިތެއްވެސް ހިމެނޭކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށް މައުލޫމާތު ލިބެ އެވެ.

Advertisement

Advertisement 1

މި ހާދިސާ ހިނގުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އަންނަނީ ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

މިކަމާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފައިވަނީ އައްޑޫ ސިޓީއަށް ވިއްސާރައިގެ އަސަރު މާބޮޑަށް ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މި ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އައްޑޫ ސިޓީމޫސުންމޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

13 ގަޑިއިރު ކުރިން - 12:25

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

4 ދުވަސް ކުރިން - 01:55

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

11 ދުވަސް ކުރިން - 00:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

11 ދުވަސް ކުރިން - 14:14

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

11 ދުވަސް ކުރިން - 10:11

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

12 ދުވަސް ކުރިން - 20:42