Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް މެލޭޝިއާ އަދި ބެންކޮކަށް ފަށަނީ

މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް މެލޭޝިއާ އަދި ބެންކޮކަށް ފަށަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
276 ދުވަސް ކުރިން - 8 ސެޕްޓެންބަރު 2025 09:50
މޯލްޑިވިއަންގެ ފްލައިޓެއް: ފޮޓޯ/ އިންޓަނެޓް---
މޯލްޑިވިއަންގެ ފްލައިޓެއް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މޯލްޑިވިއަނުން ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މޯލްޑިވިއަންގެ ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށް މި ހިދުމަތް ލިބޭނެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް މެލޭޝިއާ އަދި ތައިލެންޑަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ނިންމައިފި އެވެ.

މި ކަމާ ގުޅިގެން މޯލްޑިވިއަނުން ބުނެފައިވަނީ، މެލޭޝިއާގެ ކުއާލަލަންޕޫރު އަދި ތައިލޭންޑުގެ ބެންކޮކަށް މިއަހަރުގެ ޑިސެމްބަރު މަހު އަދި އަންނަ ޖެނުއަރީ މަހު އެ އެއާލައިނުން ކުރާ ދަތުރުތަކަށް ޓިކެޓު ބުކް ކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި ކުއާލާލަންޕޫރަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓުގެ އަގަކީ 355 ޑޮލަރެވެ. މޯލްޑިވިއަނުން މެލޭޝިޔާއަށް ކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ބެންކޮކަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓުގެ އަގަކީ 399 ޑޮލަރެވެ. މޯލްޑިވިއަނުން މެލޭޝިޔާއަށް ކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އެވެ.

މޯލްޑިވިއަނުން ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މޯލްޑިވިއަންގެ ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށް މި ހިދުމަތް ލިބޭނެ ކަމަށް އެ އެއާލައިނުން ވަނީ އިތުރަށް ބުނެފަ އެވެ.

މޯލްޑިވިއަނުން ވަނީ އެ އެއާލައިނުން ކުރާ ދަތުރުތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ވައިޑްބޮޑީ އެއާ ކްރާފްޓެއް އެ އެއާލައިންގެ ފްލީޓަށް އިތުރުކޮށްފަ އެވެ. އަދި ތަފާތު އެކި މަންޒިލްތަކަށް އެ އެއާލައިނުން ކުރާ ދަތުރުތައް މިހާރު ދަނީ ފުޅާކުރަމުންނެވެ.

މޯލްޑިވިއަން
Ad
Ad

ގުޅޭ ޚަބަރުތައް

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

12 ދުވަސް ކުރިން - 22:03

މޯލްޑިވިއަނުން އަންނަ މަހު އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަނީ

ރާއްޖެ އާއި އޮސްޓްރޭލިއާއާ،ދެމެދު ސީދާ ދަތުރުތައް ފަށަނީ

83 ދުވަސް ކުރިން - 14:09

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް ފަށައިފި

90 ދުވަސް ކުރިން - 16:58

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

93 ދުވަސް ކުރިން - 14:29

ރޯދަ އުމްރާއަށް ނުފުރި ތިބި އުމްރާވެރިންނަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ

ނުފުރި ތިބި އުމްރާވެރިންނަށް ފުރޭނެ އިންތިޒާމުތައް ހަމަޖައްސަނީ

97 ދުވަސް ކުރިން - 15:01

މާދަމާއިން ފެށިގެން ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތް ފަށަނީ

މާދަމާއިން ފެށިގެން ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތް ފަށަނީ

119 ދުވަސް ކުރިން - 19:31

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%