Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެޕަލްގެ އާ ފޯނު ނިކުންނަނީ! ގަންނަން ތައްޔާރުތަ؟

އެޕަލްގެ އާ ފޯނު ނިކުންނަނީ! ގަންނަން ތައްޔާރުތަ؟

އައިޝަތު ރުވާ ރިފްޢަތު
321 ދުވަސް ކުރިން - 8 ސެޕްޓެންބަރު 2025 09:06
ފޮޓޯ: އޭއައި
ފޮޓޯ: އޭއައި
ޚުލާސާ

މި ފަހަރު މޮޑެލްތަކުގައި "އައިފޯން ޕްލަސް" ނުހިމެނޭ. އޭގެ ބަދަލުގައި ނެރޭނެ ކަމަށް ބެލެވެނީ "އައިފޯން އެއާ" ސީރީޒް. ފޯނުތައް ދައްކާލުމުގެ އިވެންޓް އޮންނާނީ އަންގާރަ ދުވަހު.

އިންތިޒާރެއްގެ ނިމުން އަންނަނީ އެވެ. ގިނަ ބަޔަކު އުންމީދުކުރާ އައިފޯން 17 ސީރީޒް އަންނަ އަންގާރަ ދުވަހު ދައްކާލަން އެ ކުންފުނިން ނިންމާފައިވާއިރު މިއީ މިހާތަނަށް އެޕަލް އިން ބާއްވާ އެންމެ ހިތްގައިމު އެއް އިވެންޓު ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އައިފޯން 17 ސީރީޒްގައި އެޕަލް އިން ހަތަރު މޮޑެލް އެއް ނެރޭނެ ކަމަށް ބެލެވެ އެވެ. އެއީ:

- އައިފޯން 17

Advertisement

Advertisement 1

- އައިފޯން 17 އެއާ (އައު ވޭރިއަންޓް)

- އައިފޯން 17 ޕްރޯ

- އައިފޯން 17 ޕްރޯ މެކްސް

މި ފަހަރު ނިކުންނަ މޮޑެލްތަކުގެ ތެރޭގައި "ޕްލަސް" އެއް ނުހިމެނޭނެ އެވެ. ސަބަބަކީ އެ މޮޑެލްގެ ޑިމާންޑް ދަށްވުން ކަމުގައި ޓެކް ދާއިރާގެ އުޅޭ ތަޖުރިބާކާރުން ރިޕޯޓުކޮށްފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސްޓްރީމްލައިންޑް ޑިޒައިންތަކާއި އަދި ބާރުގަދަ އޭ19 އަދި އޭ19 ޕްރޯ ޗިޕެއް 17 ގެ ސީރީޒް ތަކުގައި އެކުލެވިގެންވެ އެވެ. އަދި ރަނގަޅު ކެމެރާ ފީޗާސްތަކާއި އާއި ބެޓެރީގެ ލައިފް ދިގުވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަދި އެންމެ މުހިންމު ފީޗާއެއް ކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ ޕްރޯ މޮޑެލްތަކުގައި ގިނަ ބަޔަކު އުންމީދު ކުރަމުން އަންނަ އަންޑަ ޑިސްޕްލޭ ފޭސް އައިޑީ ހުންނާނެ އެވެ.

ސެޕްޓެމްބަރު 12 ވަނަ ދުވަހު ޕްރީ އޯޑަރަށް ހުޅުވާލާ މި ފޯނުތަކުގެ އަގަކަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ. އައިފޯނު 17 ފޯނުތައް ފަށާ އަގު ކަމަށް ބެލެވެނީ 799 ޑޮލަރެވެ. އަދި އައިފޯން 17 އެއާ 899 ޑޮލަރަށް ގަންނަން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭއިރު އައިފޯން 17 ޕްރޯ ގެ އަގު އުޅޭނެ ކަމަށް ބެލެވެނީ 1،099 ޑޮލަރަށެވެ. 17 ޕްރޯ މެކްސް ގެ އަގު 1،199 ނުވަތަ އެއަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. އެޕަލްގެ ފިހާރަތަކުން މި ފޯނުތައް ގަންނަން ލިބޭނީ މި މަހު 19 ވަނަ ދުވަހު އެވެ.

ދިވެހިންނަކީ އަބަދުވެސް އަގުބޮޑު ސާމާނުތައް ގެންގުޅެން ބޭނުންވާ ބައެކެވެ. ފަހުގެ ފޯނުތަކާއި އެހެން އިލެކްޓްރޯނިކް ސާމާނުތައް ދެކެ ލޯބިވާ ބައެކެވެ. އަދި ހާއްސަކޮށް ފަހުގެ އައިފޯނު ނިކުންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭ ބައެކެވެ. ކިތަންމެ ބިކާރި ހާލުގައި ތިއްބަސް ބޭނުންވަނީ އެންމެ ފަހުން ނިކުންނަ އައިފޯނެވެ.

އެޕަލްއީޖާދު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޕަލުން ޖީބަށް ލުއި "މެކްބުކް ނިއޯ" ތައާރަފްކޮށްފި

އެޕަލުން ޖީބަށް ލުއި "މެކްބުކް ނިއޯ" ތައާރަފްކޮށްފި

141 ދުވަސް ކުރިން - 22:22

އިންޒާރު! އެކައުންޓުތައް ހެކް ކުރުމުގެ ކުރިން އަވަހަށް ގޫގްލް ކްރޯމް އަޕްޑޭޓް ކުރަން އަންގައިފި

އިންޒާރު! ހެކް ކުރުމުގެ ކުރިން އަވަހަށް އަޕްޑޭޓްކުރޭ!

304 ދުވަސް ކުރިން - 00:26

ސައުދީ އަރަބިއްޔާއިން އަމިއްލައަށް ދުއްވޭ ޓެކްސީ ތައާރަފްކޮށްފި

ސައުދީ އަރަބިއްޔާއިން އަމިއްލައަށް ދުއްވޭ ޓެކްސީ ތައާރަފްކޮށްފި

364 ދުވަސް ކުރިން - 11:35

ވިޔަފާރިއާ ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ކުރިއެރުން އަދި ދެޤައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަމާއި މެދު ސްޕެއިންއާއި މަޝްވަރާކުރައްވައިފި

ވިޔަފާރިއާ ޓެކްނޮލޮޖީއާއި، ގުޅޭގޮތުން ސްޕެއިންއާއެކު މަޝްވަރާ ކޮށްފި

397 ދުވަސް ކުރިން - 17:56

އައިފޯން 17 އެއާ އަދި ގެލެކްސީ އެސް25 ސްމާޓްފޯނުތަކުގެ އާ ރާޅެއް

ވާދަވެރި ދެ މޯބައިލް ބްރޭންޑުގެ އައު ރާޅެއް

608 ދުވަސް ކުރިން - 15:36

އައިފޯން 16ގެ ބެޓެރީ މައްސަލަ: ބޭނުންކުރާ ފަރާތްތަކުގެ ޝަކުވާ އިތުރުވަނީ

އައިފޯން 16ގެ ބެޓެރީ މައްސަލަ: ޝަކުވާ އިތުރުވަނީ

643 ދުވަސް ކުރިން - 23:44