ރާއްޖޭގެ ހުރިހާ ހިސާބެއްގައި މާދަމާ ރޭ ކޭތަ ނަމާދުކުރަނީ

އައިޝަތު ޝިފްނާ ހުސައިން | 1 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2025 16:34
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މިނިސްޓްރީން ބުނި ގޮތުގައި ކޭތަ ނަމާދުގެ ހުތުބާ މިނިސްޓްރީގެ ވެބްސައިޓަށް މާދަމާ އަޕްލޯޑްކުރާނެ.

މާދަމާ ރޭ ހަނދުކޭތަ ހިފުމާ ގުޅިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

ހަނދުކޭތަ ހިފަން ފަށާނީ މާދަމާ ރޭގަނޑޫ 8:28 ގަ އެވެ. އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ އެ ރޭގެ 11:11 ގަ އެވެ. އެއްކޮށް ކޭތަ ނިމޭނީ މެންދަމުން އަލިވެ 1:55 ގަ އެވެ.

ރަށްރަށުގެ ކައުންސިލަށް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނެފައިވަނީ މާދަމާ ރޭ 11:12 ގައި ކޭތަ ނަމާދު ކުރުމަށެވެ. ނަމާދުކުރަން ހަމަޖެހިފައިވަނީ ކޮންމެ ރަށެއްގައިވެސް ހުންނަ އެންމެ ބޮޑު މިސްކިތުގަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ކޭތަ ނަމާދުގެ ހުތުބާ މިނިސްޓްރީގެ ވެބްސައިޓަށް މާދަމާ އަޕްލޯޑްކުރާނެ އެވެ.

މުޅި އޭޝިއާ އާއި ޔޫރަޕާއި އެފްރިކާ ސަރަހައްދަށް ވެސް ފުރިހަމަ ހަނދުކޭތައަކާ އެކު ބްލަޑް މޫން މާދަމާ ރޭ ފެންނާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%