ޖަޕާނުގައި ކުއްލި ގޮތަކަށް ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފެއްކަމުގައިވާ ލުޖައިނާ ތަސްނީމާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސްފި އެވެ.
ލުޖައިނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސްކޮލާޝިޕެއްގެ ދަށުން ޖަޕާނުގައި ތައުލީމު ހާސިލުކޮށް ނިންމުމަށްފަހު މާލެ އައުމަށް ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް، ނިމިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާ ޖަޕާނުގައި މަޑުކޮށްގެން ހުރީ އަންނަ އޮކްޓޯބަރު މަހު ގްރެޖުއޭޝަން ނިންމުމަށްފަހު ރާއްޖެ އައުމަށެވެ.
ލުޖައިނާ ނިޔާވިއިރު އޭނާއަކީ ސްކޮލާޝިޕެއްގެ ދަށުން ޖަޕާނުގެ ރިޓްސުމެއިކަން ޔުނިވާސިޓީގައި މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަން ކޯސް ފުރިހަމަ ކުރަމުންދިޔަ ޒުވާނެކެވެ.










