13000 މީހުން މަރައިލި އިބޯލާ އަނެއްކާވެސް ފެތުރެނީ

ޢަބްދުﷲ ޖުނައިދު | 1 ގަޑިއިރު ކުރިން - 5 ސެޕްޓެންބަރު 2025 20:41
ޑިސްއިންފެކްޓް ކުރަނީ: ކޮންގޯގައި އިބޯލާ ފެތުރެމުންދާތީ ޑަބްލިޔުއެޗްއޯ އިން ދަނީ މޮނިޓަރ ކުރަމުން.
ޑިސްއިންފެކްޓް ކުރަނީ: ކޮންގޯގައި އިބޯލާ ފެތުރެމުންދާތީ ޑަބްލިޔުއެޗްއޯ އިން ދަނީ މޮނިޓަރ ކުރަމުން.
ޚުލާސާ

ކޮންގޯގައި އަނެއްކާވެސް އިބޯލާ ފެތުރެނީ. މި ހަފްތާގައި ވެސް 15 މީހުން މަރުވެއްޖެ.

މީގެ އަހަރުތަކެއް ކުރިން އެތައް ބަޔަކު މަރައިލި އިބޯލާ އަނެއްކާ ވެސް ފެތުރެން ފަށައިފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ކަސައި ޕްރޮވިންސްގައި މިހާރުވެސް މި ބަލި ފެތުރި މި ހަފްތާގެ ތެރޭގައި 15 މީހުން ވަނީ މަރުވެފައެވެ.

ކޮންގޯގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، މި ވަގުތު އެ ޤައުމުގައި ފެތުރެމުން ދަނީ އިބޯލާ ބަލީގެ ޒަޔަރ ސްޓްރެއިން ކަމުގައެވެ. މި ފަހަރު މި ބަލި ފެނިފައި ވަނީ ޑޮކްޓަރަށް ދެއްކުމަށް އައި 34 އަހަރުގެ މާބަނޑު އަންހެނެއްގެ ފަރާތުންނެވެ.

ކޮންގޯގައި 2022ވަނަ އަހަރުގެ ތެރޭގައި ވެސް މި ބަލި ވަރަށް ބާރަށް ފެތުރުނުކަން ފާހަގަ ކުރެވެއެވެ.

އިބޯލާ ވައިރަސް ޢާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުގެ ދިޔާ ތަކެތި އަނެކާގެ ހަށިގަނޑަށް ގޮސްގެންނެވެ. މީގެތެރޭގައި ލޭ، ހޮޑުލުން، ކުޑަކަމުދާތަކެތި، އަދި އުރަމަތީގެ ކިރު ފަދަ ތަކެތި ހިމެނެއެވެ.. އިބޯލާ ވައިރަސް ހަށިގަނޑުގައި ހުއްޓަސް ތިންހަފްތާ ވަންދެން ނޭނގިވެސް ހުރެދާނެއެވެ.

މި ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުމާއި، ވަރުބަލިވުމާއި، ހޮޑުލުން، ބޭރަށްހިންގުން، ބަނޑުގައި ވެސް ހިމެނެއެވެ.

ދުނިޔެއިން އިބޯލާ ފެނުނު ފަހުން ގާތްގަނޑަކަށް 13،000 މީހުންގެ ފުރާނަ ގެއްލިފައިވާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ 2013 އާއި 2016 އާއި ދެމެދު ހުޅަނގު އެފްރިކާގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%