މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މި މަހުގެ ދެ ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަން އެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ.
އެ ގެ ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އަދު އެ ތަކެތީގެ ވަގުތީ ބަރުދަނަކީ، 304.73 ގުރާމް ކަމަށް ވެސް ފުލުހުން ބުންޏެވެ އެވެ. އަދި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 41500 އަށްވުރެ ގިނަ ރުފިޔާ ފެނިފައި ވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ތިން މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެތަނުން އެކަކު ދޫކޮށްލައިފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ސ. މަރަދޫ / ނަރުގިސްމާގެ، އަބްދުލްއަނީ އަބްދުލްމަޖީދު (56އ) އާއި ސ. މަރަދޫ / ނަރުގިސްމާގެ، އަހަނަފް އަޝްރަފް (27އ) އެވެ. މި ދެމީހުންގެ ބަންދަށް ވެސް ކޯޓުން ޖަހާފައިވަނީ 15 ދުވަހެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.









