Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެސްޓީއޯ ހޮޓެލް އަގުކުރީ 20 މިލިއަން ޑޮލަރަށް. ބަދަލުގައި ހުޅުމާލެއިން ބިމެއް!

އެސްޓީއޯ ހޮޓެލް އަގުކުރީ 20 މިލިއަން ޑޮލަރަށް. ބަދަލުގައި ހުޅުމާލެއިން ބިމެއް!

މުހައްމަދު ޖަމްޝަތު
314 ދުވަސް ކުރިން - 4 ސެޕްޓެންބަރު 2025 13:18
އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ސިޓީ ހޮޓެލް---ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ސިޓީ ހޮޓެލް---ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޚުލާސާ

އެ އިމާރާތުގައި މީޑިއާ ވިލެޖަކާއި އެކު އާ ފަސް ތަރީގެ ހޮޓަލެއް ހެދުމަށް އެޗްޑީސީން މިހާރު ވަނީ ދުބާއި ކުންފުންޏަކާ ހަވާލުކޮށްފަ.

އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލާއި ލާޖައްސައި ހުޅުމާލެއިން ބިމެއް ގަނެފި އެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ހަދަމުން އައި ސިޓީ ހޮޓަލުގެ އިމާރާތް 20 މިލިއަން ޑޮލަރަށް އަގުކޮށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމަކަށް ބަދަލުކުރުމަށް އެޗްޑީސީއާއެކު މިދިޔަ އާދީއްތަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މި މުއާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، ކުންފުނީގެ މި އަހަރުގެ މާލީ ބަޔާންތަކުގައި ހިމެނޭނެ ކަމަށްވެސް ބުންޏެވެ. 

އެސްޓީއޯ އިން ބުނީ މި އިއުލާނު ކުރީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝާ އޮބްލިގޭޝަންސް އޮފް އިޝުއާޒްގެ (ސީޑީއޯއައި) ރެގިއުލޭޝަންގެ ދަށުން ކަމަށެވެ.

Advertisement

Advertisement 1

އެސްޓީއޯ އިން ހުޅުމާލޭގައި ހަދަން ފެށިނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ އިމާރާތަކީ ފަސް ތަރީގެ ހޮޓަލެއްގޮތަށް ތަރައްގީކުރަން ފެށި އިމާރާތެކެވެ. 2006 ގައި ފެށި އެ މަސައްކަތުގެ ދަށުން "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް އަޅަން ފެށީ 2011 ގަ އެވެ.

ނަމަވެސް އެތަނުގެ މަސައްކަތް ހުއްޓުމާ ގުޅިގެން، އެކި ފަހަރު މަތިން އެތަން ވިއްކާލަން އެސްޓީއޯއިން މަސައްކަތް ކުރި އެވެ. އަދި އެ ތަނަށް ބޮޑު އިންވެސްޓެއްކޮށް އެއްވެސް އާމްދަނީއެއް ނުލިބި ގިނަ ދުވަސްވާތީ އެ ކުންފުންޏަށް ދިޔައީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

އެތަން ހުންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ. އެ އިމާރާތުގައި މީޑިއާތަކަށް ހާއްސަ މީޑިއާ ވިލެޖާ އެކު، އާ ފަސް ތަރީގެ ހޮޓަލެއް ހެދުމަށް އެޗްޑީސީން މިހާރު ވަނީ ދުބާއި ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

މީޑިއާތަކަށް ހާއްސަ ކޮށްގެން ހަދާ މި މީޑިއާ ވިލެޖެކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެސްޓީއޯއެޗްޑީސީހުޅުމާލެ
Ad
Ad

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަލީބެ

314 ދުވަސް ކުރިން - 15:45

ތިކަހަލަ ވިއުރަނގަޅުތާކު އޮފީސް އިމާރާތެއް ހެދިނަމަ. ރެންޓަށް އެތައްމިލިޔަނެއް ހޭދަކުރާއިރު.

ގުޅޭ ޚަބަރުތައް

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

16 ދުވަސް ކުރިން - 22:44

ޢިމާރާތްކުރުމަށް އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

22 ދުވަސް ކުރިން - 17:35

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

24 ދުވަސް ކުރިން - 15:03

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

27 ދުވަސް ކުރިން - 16:32

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

33 ދުވަސް ކުރިން - 13:57

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

34 ދުވަސް ކުރިން - 16:51