ކޭޕާކުން މަހެއް ތެރޭގައި 4 އެޕާޓްމަންޓު ހަވާލުކުރަން ހުކުމް ކޮށްފި

މުހައްމަދު ޖަމްޝަތު | 12 ގަޑިއިރު ކުރިން - 3 ސެޕްޓެންބަރު 2025 20:48
ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކް ރެޒިޑެންސް---
ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކް ރެޒިޑެންސް---
ޚުލާސާ

30 ދުވަސްތެރޭގައި ހަތަރު އެޕާޓްމަންޓު ހަވާލުނުކުރެވޭ ނަމަ 30 ދުވަސްތެރޭގައި 2.9 މިލިއަން ރުފިޔާ ދައުވާ އުފުލި ފަރާތަށް އަނބުރާ ދިނުމަށް ވަނީ ހުކުމް ކޮށްފަ.

ހުޅުމާލެ ކޭޕާކް ރެސިޑެންސުން ފްލެޓެއް ގަތުމަށް ހަންބޯ ކުންފުންޏަށް ފައިސާ ދައްކައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެޕާޓްމަންޓު ހަވާލުކޮށްފައިނުވާތީ މަސްދުވަސް ތެރޭގައި އެ ހަތަރު އެޕާޓްމަންޓު ހަވާލުކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެެވެ.

މިއީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުގައި އިސްލާމިކް މިިނިސްޓަރުގެ ނައިބު އަލީ އާދަމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކެވެ. ކޭޕާކުން ހަތަރު އެޕާޓްމަންޓު ގަތުމަށް ހަންބޯ ކުންފުންޏާއެކު އޭނާ އެއްބަސްވުން ގާއިމުކުރީ 3 އޭޕްރީލް 2023ގަ އެވެ. މި ހަތަރު އެޕާޓްމަންޓް ގަތުމަށް ހަންބޯ ކުންފުންޏަށް އޭނާ ވަނީ 2.9 މިލިއަން ރުފިޔާ ދައްކާފަ އެވެ.

ހަންބޯ ކުންފުނީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ވަނީ އެ އެއްބަސްވުމާއި އެއްގޮތަށް އެ ހަތަރު އެޕާޓްމަންޓު އަލީ އާދަމް އާއި 30 ދުވަސް ތެރޭ ހަވާލުކުރުމަށް އެކުންފުންޏަށް އަންގައިފަ އެވެ. އަދި އެ މުއްދަތުގައި އެޕާޓްމަންޓުތައް ހަވާލުނުކުރެވޭ ނަމަ އެޕާޓްމަންޓުތައް ގަތުމަށް ދެއްކި ފައިސާ 30 ދުވަސްތެރޭގައި ދެއްކުމަށް ހުކުމް ކޮށްފަ އެވެ.

ކޭޕާކު އެޕާޓްމަންޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މަންޑޭއަކީ ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރެވެ. އޭނާގެ މައްސަލަ ފެންމަތިވީ ކޭޕާކު އެޕާޓްމަންޓުތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެޕާޓްމަންޓު ގަތް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.

ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި, ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި އެކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 104 ދައުވާއެއް ވަނީ އުފުލައިފަ އެވެ. އަދި އޭނާއާ އެކު އެޕާޓްމަންޓް ވިއްކުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ޖައިޝަން ސައީދުގެ މައްޗަށްވެސް 97 ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%