ސިޔާސީ ޕާޓީތަކަށް 27.9 މިލިއަން ރުފިޔާ!

އައިޝަތު ޝިފްނާ ހުސައިން | 16 ގަޑިއިރު ކުރިން - 3 ސެޕްޓެންބަރު 2025 16:39
ރާއްޖޭގެ އިލެކްޝަން ކޮމިޝަންސް.--ފޮޓޯ: ޓީއެމްޖޭ
ރާއްޖޭގެ އިލެކްޝަން ކޮމިޝަންސް.--ފޮޓޯ: ޓީއެމްޖޭ
ޚުލާސާ

އީސީގެ ދަފްތަރު މިހާރު އޮތް ގޮތުން އެންމެ މެމްބަރުން ގިނައީ ޕީއެންސީގަ.

ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ފަސް ސިޔާސީ ޕާޓީއަކަށް 27.9 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޫކޮށްފި އެވެ.

މި ކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެ ކޮމިޝަންގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، ބަޖެޓުގެ އާމްދަނީން ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކުރުމަށް ބޭންކްތަކަށް ފޮނުވާފައިވާ ކަމަށެވެ.

އީސީގެ ދަފްތަރު މިހާރު އޮތް ގޮތުން އެންމެ މެމްބަރުން ގިނައީ ޕީއެންސީގަ އެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރި ގޮތް:

  1. އެމްޑީޕީ: 8,454,780.51 ރުފިޔާ
  2. އަދާލަތު ޕާޓީ: 1,713,538.65ރުފިޔާ
  3. ޕީއެންސީ: 13,316,689.57 ރުފިޔާ
  4. ޖޭޕީ: 2,656,598.57 ރުފިޔާ
  5. އެމްޑީއޭ: 1,769,648.69 ރުފިޔާ

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، 2025 ވަނަ އަހަރުގެ ބަޖެޓުގެ އާމްދަނީއިން ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު، މިއަދު ވަނީ ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކުރުމަށް ބޭންކްތަކަށް ފޮނުވާފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%