Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ 66 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ 66 ޕަސެންޓް މަސައްކަތް ނިމިއްޖެ

އައިޝަތު ރުވާ ރިފްޢަތު
326 ދުވަސް ކުރިން - 3 ސެޕްޓެންބަރު 2025 14:14
ހިޔާ ޓަވަރުގައި ހަރުކުރެވުނު އާ ލިފްޓް
ހިޔާ ޓަވަރުގައި ހަރުކުރެވުނު އާ ލިފްޓް
ޚުލާސާ

ހިޔާ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމުގެ މުޅި މަޝްރޫޢުގައި ޓަވަރުތަކުގެ ލިފްޓް ސްޓްރަކްޗަރގެ މަސައްކަތްތަކުގެ %43 ނިމިފައިވާއިރު، ލިފްޓް އިންސްޓޯލްކުރުމުގެ %38 މަސައްކަތް ވަނީ ނިންމާފައި.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓް ޓަވަރުތަކަށް އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތުގެ 66% ނިމިއްޖެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ. މި މަޝްރޫޢުގެ ދަށުން ހުރިހާ ޓަވަރުތަކުގައިވެސް މަސައްކަތް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށްކަމަށާއި، އެންމެ އަވަހަށް ޚިދުމަތް ދޭން ފަށާނީ ޓަވަރު ތިނެއް އަދި ހަތަރެއްގައި ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިޔާ ފްލެޓްގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަރަށް މުހިންމު ވަޢުދެކެވެ. އެގޮތުން ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސް މުޢިއްޒުގެ ވަޢުދެކެވެ. މިހާރު ހިޔާގެ ފްލެޓްތަކުގައި ހުންނަނީ ތިނެއް ނުވަތަ ހަތަރު ލިފްޓެވެ. ޖުމްލަ 16 ޓަވަރުގައި އިތުރަށް 32 ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އެޗްޑީސީން ދިން މަޢުލޫމާތަށް ބަލާއިރު، ހިޔާ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމުގެ މުޅި މަޝްރޫޢުގައި ޓަވަރުތަކުގެ ލިފްޓް ސްޓްރަކްޗަރގެ މަސައްކަތްތަކުގެ %43 ނިމިފައިވާއިރު، ލިފްޓް އިންސްޓޯލްކުރުމުގެ %38 މަސައްކަތް ވަނީ ނިންމާފަ އެވެ.

Advertisement

Advertisement 1

ޓަވަރުތަކުގެ މަސައްކަތް ވަކިވަކިން ބަލާލާއިރު:

  1. ޓަވަރު 1 އަދި 2: މި ޓަވަރުތަކުގައި ލިފްޓް ބަހައްޓާ ނިމި ބޭނުންކުރަން ވަނީ ފަށާފައެވެ. ނަމަވެސް މި ލިފްޓްތަކުގައިވެސް އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ބުންޏެވެ.
  2. ޓަވަރު 3-9: މި ޓަވަރުތަކުގެ ލިފްޓް ބެހެއްޓުމަށް ބޭނުންވާ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިމިފަ އެވެ.
  3. ޓަވަރު 3 އަދި 4: މި ޓަވަރުތަކުގައި ލިފްޓް ހަރުކޮށް، ފިނިޝިން މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މި ލިފްޓްތައް ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެއެވެ.
  4. ޓަވަރު 5-6: ލިފްޓް އިންސްޓޯލްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
  5. ޓަވަރު 7-12: ސްޓީލް ސްޓްރަކްޗަރގެ މަސައްކަތްތައް ދަނީ ކުރިއަށްގެންދަމުންނެވެ.
  6. ޓަވަރު 13-16: ލިފްޓް ބެހެއްޓުމުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު މުޅިން ނިމިފަވާކަމަށް އެޗްޑީސީން މަޢުލޫމާތުދެ އެވެ.

އަލަށް ބަހައްޓާ މި ލިފްޓްތަކަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ، ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. މީގެ އިތުރުން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ފަސޭހަވާނެހެން، މި ލިފްޓުތަކުގައި ފްލޯ ނަމްބަރު ބްރެއިލްއިންވެސް ހުންނާނެ އެވެ.

ސަރުކާރުން މަސައްކަތްކުރަނީ މި އަހަރުގެ ތެރޭގައި، ހިޔާގެ ޓަވަރުތަކަށް ލިފްޓް އިތުރުކުރުމުގެ މަސައްކަތްތައް ނިންމާލުމަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ.

ހިޔާ މަޝްރޫޢަކީ ޖުމްލަ 6720 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއެކެވެ. ކޮންމެ ޓަވަރެއްގައި 400އެއްހާ އެޕަރޓްމަންޓް ހިމެނޭއިރު، ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ. ލިފްޓްގެ ދަތިކަމަކީ ހިޔާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވެފައި ވަނިކޮށް، މި މަޝްރޫއު ނިމުމުން ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް އެޗްޑީސީން ފާހަގަކުރެ އެވެ.

އެޗްޑީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

3 ދުވަސް ކުރިން - 14:28

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހި ޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހިޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި ސައްބީސް ކާނިވަލް" ބާއްވަނީ

4 ދުވަސް ކުރިން - 16:09

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

26 ދުވަސް ކުރިން - 22:44

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

35 ދުވަސް ކުރިން - 15:03

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

38 ދުވަސް ކުރިން - 16:32

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

45 ދުވަސް ކުރިން - 16:51