އެމްޓީޑީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 46 ދުވަސް ކުރިން - 3 ސެޕްޓެންބަރު 2025 10:32
އިލެކްޝަންސް ކޮމިޝަނުގެ ނަންބޯޑު: ފޮޓޯ/ އިންޓަނެޓް---
އިލެކްޝަންސް ކޮމިޝަނުގެ ނަންބޯޑު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުރެ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި ޕާޓީއެއް.

މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެމްޓީޑީ އުވާލަން ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި، އެ އަދަދަށް ޕާޓީއަށް މެންބަރުން ހަމަކުރެވިފައި ނުވާތީ ކަމަށެވެ.

އެގޮތުން ނިމިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު އެމްޓީޑީ ޕާޓީ އުވާލަން ނިންމާ އެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ވެސް ކުރި އެވެ. އަދި އެމްޓީޑީން ދައްކަންޖެހޭ ދަރަންޏެއްވާނަމަ އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް އެކަން އެ ޕާޓީއަށް ހުށަހަޅައި ނިންމުމަށް އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައި އެދިފައިވެ އެވެ.

މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުރެ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި ޕާޓީއެކެވެ. އެ ޕާޓީން މީގެކުރިން ބައެއް ސިޔާސީ ހަރަކާތްތައް ހިންގި ނަމަވެސް، މި ފަހުން އެ ޕާޓީން ސިޔާސީ އެއްވެސް ހަރަކާތެއް ހިންގައިފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވެސް އެމްޓީޑީއަށް 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ ޕާޓީއަށް އެ އަދަދަށް މެންބަރުން ހަމަކުރެވިފައިނުވާތީ އެ ޕާޓީއަށް މެންބަރުން ހަމަކުރަން ފުރުސަތު ދިނެވެ. އެ ފުރުސަތުގައި އެމްޓީޑީން އެ އަދަދަށް މެންބަރުން ހަމަ ކުރި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%