ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކެނޑިއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 29 ދުވަސް ކުރިން - 2 ސެޕްޓެންބަރު 2025 10:21
ފުވައްމުލަކު އެއާޕޯޓް: ފޮޓޯ/ އިންޓަނެޓް---
ފުވައްމުލަކު އެއާޕޯޓް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މިކަމާއި ގުޅިގެން އެއްވެސް އެހީތެރިކަމަކަށް ބޭނުންވެއްޖެ ނަމަ، މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް މޯލްޑިވިއަން އިން ވަނީ އެދިފަ.

ދިމާވި މައްސަލައަކާއި ގުޅިގެން ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކެނޑި، އެ އެއާޕޯޓަށް ދަތުރުކުރާ ފްލައިޓުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް އަތުވެއްޖެ އެވެ.

މިކަމާއި ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަލުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދިމާވި މައްސަލައަކާއި ގުޅިގެން، އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކެނޑިފައިވާތީ ޝެޑިއުލް ދަތުރުތަކަށް އަސަރުކޮށްފައިވާ ކަމަށެވެ. އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކެނޑުނު ވަކި ސަބަބެއް މޯލްޑިވިއަނަކުން ހާމަކޮށްފައެއް ނުވެ އެވެ.

މިކަމުގެ ސަބަބުން އަސަރު ކުރާނެ ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، ފަސިންޖަރުންގެ ދަތިތައް ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކެނޑުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވާނެ ދަތިތަކަށް މޯލްޑިވިއަނުން ވަނީ މައާފަށް އެދިފަ އެވެ.

މިކަމާއި ގުޅިގެން އެއްވެސް އެހީތެރިކަމަކަށް ބޭނުންވެއްޖެ ނަމަ، މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް މޯލްޑިވިއަން އިން ވަނީ އެދިފަ އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ފުވައްމުލަކަށް ފްލައިޓު އޮަޕަރޭޓު ކުރާ ހަމައެކަނި އެއާލައިނަކީ މޯލްޑިވިއަން އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%