Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޭމްޕް ނޯ އަށް ޗެމްޕިއަންސް ލީގު ގެ ތަށި އަންނާނެ ކަމަށް ބުނި މެސީ، އިންޓަރ މިއާމީ ފައިނަލުން ކަޓުވާލައިފި

ކޭމްޕް ނޯ އަށް ޗެމްޕިއަންސް ލީގު ގެ ތަށި އަންނާނެ ކަމަށް ބުނި މެސީ، އިންޓަރ މިއާމީ ފައިނަލުން ކަޓުވާލައިފި

އައިޝަތު އީމާން
328 ދުވަސް ކުރިން - 1 ސެޕްޓެންބަރު 2025 09:01
ލިއޮނެލް މެސީ - މި ސީޒަނުގައި އޭނާއަށް އަދި ތައްޓެއް ކާމިޔާބުވެފައެއް ނުވޭ.
ލިއޮނެލް މެސީ - މި ސީޒަނުގައި އޭނާއަށް އަދި ތައްޓެއް ކާމިޔާބުވެފައެއް ނުވޭ.
ޚުލާސާ

ލީގު ކަޕުގެ ފައިނަލުން އިންޓަރ މިއާމީ ކަޓާފައިވަނީ 0-3 ގެ ނަތީޖާއިން. މި ސީޒަނުގައި އެއްވެސް ތައްޓެއް އިންޓަރ މިއާމީ އަށް ކާމިޔާބުވެފައެއް ނުވޭ.

ކޮންމެވެސް ދުވަހަކުން ޗެމްޕިއަންސް ލީގުގެ ތަށި އަނބުރާ ބާސެލޯނާ އަށް ހޯދައިދޭނެ ކަމަށް ބުނި މެސީ އެ ކުލަބުން ފިލައި ޕީއެސްޖީ އިނދަޖައްސާލުމަށްފަހު އެންމެ ފަހުން އިންޓަރ މިއާމީ ލީގު ކަޕުގެ ފައިނަލުގެ ތަށި އެ ޓީމަށް ގެއްލުވާލައިފި އެވެ. އެމެރިކާ ލީގު ކަޕުގެ ފައިނަލުގައި ސީޓަލް ސައުންޑާސް އަތުން މިއާމީ ބަލިވެފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.

2018 ވަނަ އަހަރު ޕްރީ ސީޒަނުގައި ޖޯން ގެމްޕަރ ޓްރޮފީ މެޗުގައި ބޮކަރ ޖޫނިޔާސް އާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ކުރިން ކޭމްޕް ނޯ ގައި އޭނާ ސަޕޯޓަރުންނަށް ވައުދުވީ "ޗެމްޕިއަންސް ލީގުގެ ތަށި އަނބުރާ ކޭމްޕް ނޯ އަށް އަންނާނެ" މިހެންނެވެ. ނަމަވެސް އޭގެ ތިން އަހަރު ފަހުން އޭނާ ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ދިޔައިރު ވެސް އަދި އޭގެ ފަހުން ވެސް ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގެ ތައްޓެއް ލިބިފައެއް ނުވެއެވެ. އަދި ޕީއެސްޖީ ގައި ވެސް އޭނާ އަށް އެ ތައްޓެއް ކާމިޔާބު ވެފައެއް ނުވެއެވެ. ނަމަވެސް މި ފަހުން ޕީއެސްޖީ ވަނީ ފުރަތަމަ ފަހަރަށް އެ ތަށި ކާމިޔާބުކޮށްފައެވެ.

ސީޓަލް ސައުންޑާސް ގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުކޮށްލާފައެވެ. އެ ގޮތުން 39 ވަނަ މިނެޓުގައި ސީޓަލް ސައުންޑާސް ގެ ފޯވާޑު ޖީސަސް ފެރެއިރާ ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. އަ އޭގެ އިތުރުން 48 ވަނަ މިނެޓުގައި މެސީ އަށް ލިބުނު ހުސް ފުރުސަތު ގޯލު ކުރިމަތިން އޭނާ ފޮނުވާލީ ދަނޑިމަތިން ބޭރަށެވެ. އަދި 61 ވަނަ މިނެޓުގައި ތަޑޭއޯ އެލެންޑޭ އަށް ލިބުނު ހުސް ފުރުސަތުވެސް އޭނާ ވަނީ ބޭކާރުކޮށްލާފައެވެ.

Advertisement

Advertisement 1

ސީޓަލްގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އޮސާޒޭ ޑި ރޮސާރިއޯ ކާމިޔާބުކޮށްފައިވަނީ އެލެކްސް ރޮލްޑަން ނެގު ހުރަހެއް ބޮލުން ވައްދާލައިގެންނެވެ. ދެވަނަ ގޯލު 84 ވަނަ މިނެޓުގައި އެ ކުލަބަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއެއްގައި ރޮލްޑަން އެވެ. އަދި ތިން ވަނަ ގޯލު 88 ވަނަ މިނެޓުގައި މިއާމީ ގެ ޑިފެންޑަރުން ހެދި ގޯހެއްގެ ބޭނުންހިފައި ޕައުލް ރޮތްރޮކެވެ. މި ގޯލު އޭނާ ޖަހާފައިވަނީ ވެސް ރޮލްޑަން އެވެ.

މި ސީޒަނުގައި އިންޓަރ މިއާމީ އަދި މެސީ އަށް އެއްވެސް ތައްޓެއް ކާމިޔާބުވެފައެއް ނުވެއެވެ. ލީގުގައި މިހާތަނަށް 25 މެޗު ކުޅެފައިވާއިރު 46 ޕޮއިންޓާއެކު އެ ކުލަބު އޮތީ ނުވަ ވަނައިގައެވެ.

އިންޓަރ މިއާމީލިއޮނެލް މެސީ
Advertisement
Advertisement

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

23 ދުވަސް ކުރިން - 13:33

މެސީގެ ދެ ލަނޑާއެކު އޮސްޓްރިއާ ބަލިކޮށް އާޖެންޓީނާއިން ވޯލްޑް ކަޕްގެ ގަދަ 32 އަށް ދަތުރުކޮށްފި

އާޖެންޓީނާއިން އޮސްޓްރިއާ ބަލިކޮށް ވޯލްޑް ކަޕްގެ ގަދަ 32 އަށް ދަތުރުކޮށްފި

33 ދުވަސް ކުރިން - 00:03

ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މެސީ މުގުރާލައިފި

ވޯލްޑް ކަޕުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މެސީއަށް!

33 ދުވަސް ކުރިން - 22:50

މެސީ، މެސީ، މެސީ: ހެޓްރިކް ހެދުމަށްފަހު މެސީ، ރޮނާލްޑޯ ސަޕޯޓަރުން ރޮއްވާލައިފި

މެސީ، މެސީ، މެސީ: ހެޓްރިކް ހެދުމަށްފަހު މެސީ، ރޮނާލްޑޯ ސަޕޯޓަރުން ރޮއްވާލައިފި

39 ދުވަސް ކުރިން - 07:59

މެސީ އާއި ރޮނާލްޑޯގެ ފަހު ކުރިމަތިލުން: ވޯލްޑް ކަޕްގެ ތެރެއިން ތާރީހީ މެޗެއް ފެނިދާނެބާ؟

މެސީ އާއި ރޮނާލްޑޯގެ ފަހު ކުރިމަތިލުން މި ވޯލްޑް ކަޕުގައި ފެނިދާނެބާ؟

39 ދުވަސް ކުރިން - 20:35

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

58 ދުވަސް ކުރިން - 15:05