Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މޫނު ބުރުގާ އަޅައިގެން ޝަރުއީ ދާއިރާގައި މަސައްކަތްކުރެވޭނެ ކަމަށް ޖޭއެސްސީން ނިންމައިފި

މޫނު ބުރުގާ އަޅައިގެން ޝަރުއީ ދާއިރާގައި މަސައްކަތްކުރެވޭނެ ކަމަށް ޖޭއެސްސީން ނިންމައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
283 ދުވަސް ކުރިން - 1 ސެޕްޓެންބަރު 2025 09:08
ޖުޑީޝަލް ސާވިސް ކޮމިޝަން: ފޮޓޯ/ އިންޓަނެޓް---
ޖުޑީޝަލް ސާވިސް ކޮމިޝަން: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މީގެ ކުރިން ބައެއް ކޯޓުތަކުގައި ނިގާބު އަޅާ ބޭފުޅުންނަށް ވަޒީފާ ނުދޭތީ އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވޭ.

ނިގާބު އަޅާ ބޭފުޅުންނަށް ޝަރުއީ ދާއިރާގައި މަސައްކަތްކުރެވޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މި ނިންމުމާ ގުޅިގެން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުން އެޅުމާ ގުޅޭ ގަވާއިދުތައް އިސްލާހުކޮށް ސާކިއުލާއެއް ފޮނުވައިފަ އެވެ.

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލުތަކަށް އިސްލާހު ގެނައުމުގެ ކުރިން އެ މާއްދާގައި އޮންނަ ގޮތުން، ހިދުމަތް ލިބިގަންނަން އިދާރާތަކަށްދާ ފަރާތްތަކަށް އެ މުވައްޒަފަކީ ކާކުކަން އެނގެން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. މީގެ އިތުރުން ރަސްމީ ގަޑީގައި މުވައްޒަފުން ހެދުން އަޅަންޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށް ކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

Advertisement

Advertisement 1

އެ މާއްދާއަށް އަލަށް ގެނެވުނު އިސްލާހާއިއެކު ނިގާބު އަޅާ މުވައްޒަފުންނަށް ވަޒީފާ އަދާ ކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެހެންނަމަވެސް އެ މުވައްޒަފަކީ ކާކުކަށް ކަށަވަރުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ މުވައްޒަފެއްގެ މޫނު، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާގެ އަންހެން މުވައްޒަފަކަށް ދައްކަންޖެހޭނެކަމަށް އަލަށް ގެނެވުނު އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.

އަލަށް ގެނެވުނު އިސްލާހާ އެއްގޮތަށް މިއަދުން ފެށިގެން އަމަލުކުރުމަށް ޑީޖޭއޭއިން ވަނީ ކޯޓުތަކާއި އިދާރާތަކަށް އަންގައިފަ އެވެ.

މީގެ ކުރިން ބައެއް ކޯޓުތަކުގައި ނިގާބު އަޅާ ބޭފުޅުންނަށް ވަޒީފާ ނުދޭތީ އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވެ އެވެ.

ޝަރުޢީ ދާއިރާޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލަނީ

ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ގާނޫނު އިސްލާހުކުރަނީ!

51 ދުވަސް ކުރިން - 21:00

ހައިކޯޓަށް އިސް ފަނޑިޔާރެއް، ފެމިލީ ކޯޓަށް އިސް ގާޒީއެއް ހޯދަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

76 ދުވަސް ކުރިން - 20:04

ހައިކޯޓުގެ ފަނޑިޔާރު ޝަފީއު ޖޭއެސްސީއަށް އައްޔަނު ކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ޝަފީއު ޖޭއެސްސީއަށް އައްޔަނު ކޮށްފި

108 ދުވަސް ކުރިން - 12:58

ހައި ކޯޓަށް ރައޫފު އަދި ޝަފީއު އައްޔަންކުރަނީ

ހައި ކޯޓަށް ރައޫފު އަދި ޝަފީއު އައްޔަންކުރަނީ

128 ދުވަސް ކުރިން - 12:58

ޖޭއެސްސީއަށް ފަނޑިޔާރު ހަސަން ޝަފީއު

ޖޭއެސްސީއަށް ފަނޑިޔާރު ހަސަން ޝަފީއު

153 ދުވަސް ކުރިން - 22:10

ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

183 ދުވަސް ކުރިން - 19:52