Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަނީޝް މަލްހޯތްރާގެ ފުރަތަމަ ފިލްމު "ގުސްތާހް އިޝްކް" ގެ ޓީޒާ އާއި ޕޯސްޓަރު ރިލީޒްކޮށްފި

މަނީޝް މަލްހޯތްރާގެ ފުރަތަމަ ފިލްމު "ގުސްތާހް އިޝްކް" ގެ ޓީޒާ އާއި ޕޯސްޓަރު ރިލީޒްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
363 ދުވަސް ކުރިން - 31 އޯގަސްޓް 2025 10:42
"ގުސްތާޚް އިޝްކް"ގެ ޕޯސްޓަރު
"ގުސްތާޚް އިޝްކް"ގެ ޕޯސްޓަރު
ޚުލާސާ

"ގުސްތާޚް އިޝްކް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގައި.

ބޮލީވުޑްގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތްރާ ފިލްމު އުފެއްދުމުގެ ދާއިރާއަށް ނުކުންނަ އުފާވެރި ހަބަރާއެކު، އޭނާގެ ފުރަތަމަ ފިލްމު "ގުސްތާހް އިޝްކް" ގެ ޓީޒާ އާއި ޕޯސްޓަރު ރިލީޒްކޮށްފި އެވެ. މި ހަބަރު އޭނާގެ މީސް މީޑިއާގައި އޮގަސްޓް 24 ވަނަ ދުވަހު ހިއްސާކޮށްފައިވާއިރު، އޭގެ ފަހުން ވަގުތުން ޓީޒާ އާއި ޕޯސްޓަރު ވަނީ އާންމުކޮށްފަ އެވެ.

ރިލީޒްކުރި ޓީޒާ އިން ފިލްމުގެ ކްލާސިކް، ރެޓްރޯ އަދި ރޮމެންޓިކް ސިފަތައް ވަރަށް ރީތިކޮށް ފެނިގެންދެ އެވެ. މި ޓީޒާއިން ފިލްމުގެ ވާހަކަ ކިހިނެއް ވާނެކަމުގެ ތަފްސީލެއް ނުލިބުނު ނަމަވެސް، ފެންނަ މަންޒަރުތަކުން ބެލުންތެރިންނަށް މޮޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ފާހަގަކުރެވެ އެވެ.

ފިލްމުގެ ޕޯސްޓަރުން މަޝްހޫރު ތަރިން ކަމަށްވާ ނަސީރުއްދީން ޝާހް، ފާތިމާ ސަނާ ޝެއިހް އަދި ވިޖޭ ވަރްމާ ފެނިގެންދެ އެވެ. ޕޯސްޓަރުގައި ވިޖޭ އާއި ފާތިމާ އެކަކު އަނެކަކަށް ލޯބީގެ ބެލުމަކުން ބަލާފައިވާއިރު، ތަޖުރިބާކާރު ފަންނާނު ނަސީރުއްދީން ޝާހް ފެނިފައިވަނީ ބުޅަލެއް ހިފައިގެން ހިނިތުންވެލައިގެން ހުއްޓަ އެވެ. މި މަންޒަރުތަކުން ފިލްމުގެ ތެރޭގައިވާ ކެމިސްޓްރީ އާއި މަޖާ ރޮނގުތަކުގެ އިޝާރާތެއް ލިބިގެންދެ އެވެ.

Advertisement

Advertisement 1

މި ފިލްމު އުފައްދާފައިވަނީ މަނީޝް މަލްހޯތްރާގެ ޕްރޮޑަކްޝަން ކުންފުނި، ސްޓޭޖް5 ޕްރޮޑަކްޝަންގެ ދަށުންނެވެ. މަނީޝްގެ ބޭބެ ދިނޭޝް މަލްހޯތްރާ އާއެކު ކޯ-ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު، "ގުސްތާހް އިޝްކް" އަކީ ފެޝަންގެ ދާއިރާގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މަނީޝް މަލްހޯތްރާއަށް މުޅިން އާ، އަދި ގިނަ ބަޔަކު އިންތިޒާރުކުރާ މަސައްކަތެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ވިބޫ ޕޫރީ އެވެ. މިއުޒިކް ހަދާފައިވަނީ މަޝްހޫރު ވިޝާލް ބަރްދްވާޖް އެވެ. ލަވަތައް ލިޔެފައިވަނީ ގުލްޒާރު އެވެ. ސައުންޑް ހަދާފައިވަނީ އޮސްކާ އެވޯޑް ހޯދާފައިވާ ރެސޫލް ޕޫކުޓީ އެވެ. ސިނެމަޓޯގްރަފީ ހަދާފައިވަނީ މަނޫޝް ނަންދަން އެވެ. ފިލްމުގެ ތަރިންގެ ތެރޭގައި ތަޖުރިބާކާރު ނަސީރުއްދީން ޝާހް އާއި، ވިޖޭ ވަރްމާ، ފާތިމާ ސަނާ ޝެއިޚް، އަދި ޝަރީބް ހާޝްމީ ފަދަ މޮޅެތި ފަންނާނުން ހިމެނެ އެވެ.

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ. މި ފިލްމަކީ ބޮލީވުޑްގެ ފިލްމު އުފެއްދުމުގެ ދާއިރާއަށް މަނީޝް މަލްހޯތްރާގެ ފުރަތަމަ ފިޔަވަޅު ކަމަށް ވާތީ، ގިނަ ބަޔަކު މިހާރުވެސް ދަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

ބޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

39 ދުވަސް ކުރިން - 20:37

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

58 ދުވަސް ކުރިން - 13:17

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

103 ދުވަސް ކުރިން - 14:37

އަކްޝޭގެ 'ބޫތު ބަންގްލާ' ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ: 10 ދުވަހުން 150 ކްރޯޑްގެ ރެކޯޑް އާމްދަނީއެއް

'ބޫތު ބަންގްލާ'އަށް 150 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެ

123 ދުވަސް ކުރިން - 23:08

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ދީފި

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބެނީ

131 ދުވަސް ކުރިން - 23:38

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާ އަރުޖުންތަ؟

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާތަ؟

138 ދުވަސް ކުރިން - 23:00