ރަޝިޔާއިން ޔޫކްރޭންގެ އެންމެ ބޮޑު ކަނޑުގެ ސިފައިންގެ އުޅަނދު ކަމަށްވާ ސިމްފެރޮޕޯލަށް ޙަމަލާ ދީ ފައްތާލައިފިއެވެ.
55 މީޓަރުގެ ދިގު މި ހަނގުރާމަމަތީ ކަނޑުގެ އުޅަނދު ރަޝިއާއިން ފައްތައިލީ ޔުކްރޭނުގެ ކަނދުގެ ސަރަޙައްދުގައެވެ. 2019 ވަނަ އަހަރު ބަނދެ 2021 ވަނަ އަހަރު ޚިދުމަތަށް ނެރުނު މި ބޯޓަކީ ޔޫކްރޭނުން ރަޝިއާ އަށް ޙަމަލާ ދިނުމަށްޓަކައި ޖާސޫސީ މަޢުލޫމާތު އެއްކުރާ އެންމެ ޒަމާނީ ސަވައިލެންސް ބޯޓެވެ.
ރަޝިޔާގެ އަސްކަރީ ރިޕޯޓްތައް ބުނާ ގޮތުގައި މި ބޯޓަށް ޙަމަލާދީ ގޮއްވާލައި އަދި ރޯކޮށްލުމަށްފަހު އަޑިއަށް ފައްތާލުމުގައި ބޭނުންކޮށްފައި ޑްރޯނެވެ.
މި ހާދިސާގައި މިހާތަނަށް ޔުކްރޭނުގެ އަސްކަރީ އެކަކު މަރުވެ އިތުރު ބަޔަކު ޒަޚަމް ވެ އަދި އެއް ބަޔަކު ގެއްލިގެން ހޯދަމުންދާ ކަމަށް ޔުކްރޭނުން ބުނެއެވެ.
ޔުކްރޭނުގެ މި ބޯޓަކީ އިންޓެލިޖެންސް މަޢުލޫމާތު އެއްކުރާ އެންމެ މުހިއްމު އަދި އެންމެ ޒަމާނީ އުޅަނދެކެވެ. މި ބޯޓަކީ ރަޝިއާގެ މުވާސަލާތުތައް މޮނިޓަރކޮށް، ކަނޑާއި ވައިގެ ޙަރަކާތްތައް ޓްރެކްކޮށް، އެންމެ ޒަމާނީ ރޭޑިއޯ، ރާޑަރ، އޮޕްޓިކަލް އަދި އިލެކްޓްރޯނިކް ސަރވޭލަންސް ސިސްޓަމްތައް ޤާއިމްކޮށްފައިވާ ބޯޓެކެވެ.