ރިސޯޓެއްގައި މަރުވެފައި އޮތް ދިވެހި ފިރިހެނެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ އެ ރިސޯޓުގައި މީހަކު ނިޔާވެފައި އޮތް މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި ނިޔާވި މީހާ އަކީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އިތުރަށް ބަލަަންޖެހޭ ކަންތައްތައް ބަލައި، މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ތަހުގީގު ޓީމް އިން ވަނީ ނިންމައިފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.









