މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ގެއްލިގެން ހޯދަން އިއުލާންކުރި ނޭޕާލު މީހާ: ފުލުހުން

އައިޝަތު ޝިފްނާ ހުސައިން | 8 ގަޑިއިރު ކުރިން - 27 އޯގަސްޓް 2025 01:22
މަރުވެފައި އޮއްވާ ފެނުނު ރޫޕަން: ފޮޓޯ/ ވަން އޮންލައިން---
މަރުވެފައި އޮއްވާ ފެނުނު ރޫޕަން: ފޮޓޯ/ ވަން އޮންލައިން---
ޚުލާސާ

އޭނާ ގެއްލިގެން ހޯދަން އިއުލާން ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު.

ހުޅުމާލޭ ވޯޓާ ތީމް ޕާކް ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ގެއްލިގެން ހޯދަން އިއުލާންކުރި ނޭޕާލު މީހާކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުކުރެވިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ 25 ވަނަ ދުވަހު ހުޅުމާލޭ ވޯޓާ ތީމް ޕާކް ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ނޭޕާލުގެ ރައްޔިތެއްކަމުގައިވާ ރޫޕަން ތަޕާ މަގަރު (29) ކަމަށް ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފަ އެވެ. އޭނާ ގެއްލިގެން ހޯދަން އިއުލާން ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

އެމީހާ މަރުވެފައި އޮއްވާ ފެނިފައިވާއިރު އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ފުޅައަޅާފައި ކަމަށާ، އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ. މިހާތަނަށް ބެލި ބެލުމުން އޭނާ މަރުވުމުގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ އިތުރަށް ބުނެފަ އެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%