މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދަށް އިއްޔެ ކްރިިމިނަލް ކޯޓުންވަނީ ހަތް ދުވަސް ޖަހައިފަ އެވެ. އޭނާއާ ހަވާލާދީ ބަންދު އަމުރުގައި ބުނެފައި ވަނީ، އޭނާ ގަސްދުގައި އެ ފިހާރައިގެ ބިއްލޫރިގަނޑު ނުތަޅާ ކަމަށާއި، އޭނާގެ އަތުން ޖެހިގެން ތަޅައިގެން ދިޔައީ ކަަމަށެވެ.
އަދި އެކަމަށް އިއުތިރާފްވެ އެއްބަސްވުން ހަދަން ބޭނުންވާ ކަަމަށްވެސް ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއަކީ ބަންދު/ހައްޔަރުގެ ރެކޯޑް އޮންނަ މީހެކެވެ.
މި ފިހާރައިގެ ބިއްލޫރިގަނޑު މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ތަޅާލާފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެ އެވެ. އަދި މިކަމުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިކަމަށްވެސް މި މައްސަލަ ބަލާ އިންވެސްޓިގޭޝަން އޮފިސަރު ފާހަގަކޮށްފައިވެ އެވެ.