ރާއްޖެއަށް ޒިޔާރަތްކުރި ޖަރުމަންވިލާތުގެ ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރައިފި އެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެ އައި ޖަރުމަން ފަތުރުވެރިންގެ އަދަދަކީ 100،546 އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 168،698 ފަތުރުވެރިން އައިސްފައިވާއިރު މި މަހުގެ މިހާތަަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1،463،566 އަށް އަރައިފަ އެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއްވަނައިގައި އޮތީ 230،374 ފަތުރުވެރިންނާއެކު ޗައިނާ އެވެ. ދެވަނައިގައި އޮތީ ރަޝިއާ އެވެ.
އެ ގައުމުން 174،434 ފަތުރުވެރިން އައިސްފައިވެ އެވެ. އިނގިރޭސިވިލާތް ލިސްޓުގެ ތިން ވަނައިގައި 132،732 ފަތުރުވެރިނާއެކު އޮތްއިރު، ހަތަރުވަނައިގައި އޮތް އިޓަލީން ރާއްޖެއަށް 105،379 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ރާއްޖޭގައި މިހާރު 174 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 896 ފަތުރުވެހިގެ އިތުރުން، 161 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.
އެ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.