ރަސްމާލެ ބިން ހިއްކުން ކުރިއަށްދާ ސަރަހައްދާ ކައިރިން ޑައިވް ނުކުރަން އިލްތިމާސްކޮށްފި

އައިޝަތު ޝިފްނާ ހުސައިން | 9 ގަޑިއިރު ކުރިން - 27 އޯގަސްޓް 2025 17:03
ޑްރެޖާ ދަތުރުކުރާ ރޫޓް-- ފޮޓޯ: އެޗްޑީސީ
ޑްރެޖާ ދަތުރުކުރާ ރޫޓް-- ފޮޓޯ: އެޗްޑީސީ
ޚުލާސާ

ބިން ހިއްކާ ސައިޓާ ދޭތެރޭގައި ކޮންޓްރެކްޓާގެ ޑްރެޖާ ދަތުރުުރާނެ ހާއްސަ ރޫޓެއް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން ވިދާޅުވި.

ރަސްމާލެ ބިން ހިއްކުން ކުރިއަށްދާ ސަރަހައްދާ ކައިރިން ޑައިވް ނުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރަސްމާލެ ބިންހިއްކުގެ މަޝްރޫއުގެ ސައިޓް ސީ އަދި އީ ސަރަހައްދު ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާ އާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރެކްޓާ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

އަދި ބިން ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖާ ހަރަކާތްތެރިވާނެ ސަރަހައްދާއި ބޮރޯ އޭރިއާ އާދި ބިން ހިއްކާ ސައިޓާ ދޭތެރޭގައި ކޮންޓްރެކްޓާގެ ޑްރެޖާ ދަތުރުުރާނެ ހާއްސަ ރޫޓެއް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އެހެންކަމުން އެ ސަރަހައްދުތަކުގައި އުޅަނދު ފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެޗްޑީސީން ވިދާޅުވެފައި ވެއެވެ އެޗްޑީސީން ވަނީ އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަން ދީގެން ން ދަތުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެކަމާއި ގުޅެގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުމަށް ނުވަތަ އެޗްޑީސީއަށް މެއިލް ކުރުމަށް އެދިފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%