ރައީސް އޮފީސް ކުރިމަތީ ގައި ބޭއްވި އެއްވުމުގައި ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 10 ގަޑިއިރު ކުރިން - 27 އޯގަސްޓް 2025 17:01
ނޫސްވެރިންތަކެއް ރައްޔިތުންގެ މަޖިލިސް ކައިރީގައި އިހުތިޖާޖު ކުރަނީ---
ނޫސްވެރިންތަކެއް ރައްޔިތުންގެ މަޖިލިސް ކައިރީގައި އިހުތިޖާޖު ކުރަނީ---
ޚުލާސާ

ބައެއް ނޫސްވެރިން ގެންގޮސް ފުލުހުންގެ އުޅަނދަށް އެރުވި ނަމަވެސް، ގާނޫނީ އިންޒާރު ދީފައި އެނޫސްވެރިން މިހާރުވަނީ ދޫކޮށްލައިފައި.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް މިއަދު ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖު ކުރުމުން ހައްޔަރުކުރި ފަސް ނޫސްވެރިން ދޫކޮށްލައިފި އެވެ.

އެ ނޫސްވެރިން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރަން ތިއްބައި ފުލުހުން ވަނީ އިހުތިޖާޖަށް ހުރަސްއަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް ނޫސްވެރިން ގެންގޮސް ފުލުހުންގެ އުޅަނދަށް އެރުވި ނަމަވެސް، ގާނޫނީ އިންޒާރު ދީފައި އެނޫސްވެރިން މިހާރުވަނީ ދޫކޮށްލައިފަ އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު ނޫސްވެރިންތަކެއް ވަނީ މަޖިލިސް ކައިރިއަށް ވެސް އެއްވެ އިހުތިޖާޖުކޮށްފަ އެވެ.

މިބިލަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަބުދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލެކެވެ. މިބިލު ފާސްނުކުރުމަށް އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިންވަނީ ގޮވާލައިފަ އެވެ. އަދި އެބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅިގެންދާނެ ކަމަށް އެނޫސްވެރިން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ އެކު ސަރުކާރުން އުޅެނީ މީޑިއާތަށް ކޮންޓްރޯލު ކުރުމަށްކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މީޑިއާތައް ކޮންޓްރޯލު ކުރުމަކީ އެމަނިކުފާނު އެއްވެސް ޝައުގުވެރިކަމެއް ހުންނަވާ ކަމެއް ނޫން ކަމަށާއި ބިލް އިސްލާހުކުރަން މަޖިލިސް މެންބަރުންނަށް މިހާރު އަންގަވާފައިވާ ކަމަށެވެ.

މިބިލު މަޖިލީހުން ބޭރުކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ އިސްނެގުމުގެ ދަށުން ނޫސްވެރިން ވަނީ ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%