ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކޯޗު ކަމަށްވާ ޢަލީ ސުޒައިން 3 އަހަރުގެ އެއްބަސްވުމެއް ހަދައިފިއެވެ.
މިއީ އެތައް ޒަމާނެއް ވަންދެން އެ ކުލަބުގެ ބާނީ އަޙްމަދު ވަޙީދުގެ ހުވަފެން ޙަޤީޤަތަކަށް ވެސް ވުމެވެ. އެކަން އިނގުނީ ސޯޝަލް މީޑިއާގައި ކުޅިވަރު ޚަބަރު ގެނެސްދޭ ގދ. ގައްދޫ އަޒްމީން ކުރެއްވި ޕޯސްޓަކުންނެވެ. އަޒްމީން ވަނީ 2016 ވަނަ އަހަރު އޭނާ ކުރެއްވި ސުވާލަކަށް ކުއީން ދެއްވި ޖަވާބު - ކުއީންގެ އެދިލެއްވުމަށް ސިއްރެއްގެ ގޮތުގައި ބޭއްވުމަށްފަހު، އެކަން ޙަޤީޤތަކަށް ވުމުން ފަޅާއަރުވާލާފައެވެ.
ސޯޝަލް މީޑިއާގައި އަޒްމީން ލިޔުއްވި ގޮތުގައި 2016 ވަނަ އަހަރުގެ ރޯދަމަހުގައި އޭނާ ވަނީ ކުއީންގެ ގޭގައި ހުރެ ކުއީން އާއި ސުވާލެއް ކޮށްފައެވެ. އެއީ ކުޅިވަރުގައި ހާސިލް ނުވާ ކަމެއް އޮތްތޯ އެވެ. އެއާއި އެކު ކުއީން ވިދާޅުވި ކަމަށް އަޒުމީން ލިޔުއްވާފައި ވަނީ އޭނާ އަށް މިހާރު ހާސިލް ނުވެ އޮތީ ދެކަމެއް ކަމަށާއި ފުރަތަމަ ކަމަކީ ބޭރުގެ މުބާރާތަކުން ނިއުއަށް ތަށި ހޯދުމެވެ. އަދި ދެވަނަ ކަމަކީ ކޯޗު ސުޒޭން ނިއުގެ މަގާމަކަށް ގެނައުމެވެ. "އަޅުގަނޑުގެ ގާތުގައި ކްއީން ވަހީދު އެދިލެއްވީ މިވާހަކަ ސިއްރު ކޮށްފައި ބޭއްވުމަށެވެ." އެކަމަކު އަހަރެން ނެތް ދުނިޔެއެއްގައި ނުވަތަ މިކަން ހަގީގަތަކަށް ވެއްޖެނަމަ ލިޔާތި" ވިދާޅުވިއެވެ. ކޯޗު ސުޒައިނަށް މަރުހަބާ އެވެ. އަޒްމީންގެ ޕޯސްޓުގައި ވެއެވެ.
ރާއްޖޭގެ ކާމިޔާބު އެއް ކޯޗު، އަދި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ގައުމީ ޓީމުާއި މާޒިޔާގެ ވެސް ކޯޗުކަން ކޮށްދީފައިވާ ކޯޗު އަލީ ސުޒައިން ނިއު އަށް އައިއި އޮރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އަލީ އަޝްފާގު (ދަގޭ) ވެސް ވަނީ ނިއު އާއި ގުޅިފައެވެ. މީގެ އިތުރުން އާއި އަލީ ފާސިރު (ސެންޓޭ) އާއި ސަސްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ނިޒާމް (ޕީކޭ) އާއި އަހްނަފް ރަޝީދު (އަހުއްކޮ) ވެސް ވަނީ ނިއު އަށް ސޮއިކޮށްފަ އެވެ.