Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލަތައް އިތުރުވަނީ

ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލަތައް އިތުރުވަނީ

އައިޝަތު ރުވާ ރިފްޢަތު
383 ދުވަސް ކުރިން - 24 އޯގަސްޓް 2025 20:46
ޝަހީދު ހުސައިން އާދަމް ބިލްޑިންގ/ ފޮޓޯ: ހުލާސާ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ/ ފޮޓޯ: ހުލާސާ
ޚުލާސާ

މިފަދަ އަމަލުތަކުގެ ސަބަބުން ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، ނުހައްގު ފައިދާ ލިބި، ހިދުމަތްތަކުގެ ފެންވަރާއި މިންގަނޑުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ފުލުހުން ފާހަގަކުރި.

ދިވެހިރާއްޖޭގައި ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމުގައި ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުން އިތުރުވެއްޖެ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ. މި ކަންކަމާ ގުޅިގެން ގައުމީ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލިދާނެ ކަމަށް ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މި ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށް ފާހަގަކުރި އެވެ. މިއީ ދިވެހި މުޖުތަމައަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަން ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ސެޓްފިކެޓް ފޯޖްކުރުމުގެ މި މައްސަލަތައް މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް، ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަންވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކުރި އެވެ.

Advertisement

Advertisement 1

ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ޝަހުސު އޮޅުވާލުމުގެ ދަށުން ޖިނާއީ ކުށެކެވެ. އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ މި މާއްދާތަކުގެ ދަށުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ މިފަދަ ކަންކަމާމެދު ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ހަނދާންކޮށްދީފަ އެވެ. އަދި ވަޒީފާދޭ ފަރާތްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކާއި، ސަރުކާރުގެ މުއައްސަސާތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މީގެ އިތުރުން ސައްހަނޫން ސެޓްފިކެޓެއްކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެމްކިޔުއޭ ނުވަތަ ކަމާގުޅުންހުރި އިދާރާތަކުން ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރުމަށް ވެސް ފުލުހުން އެދިފައި ވެއެވެ. އަދި ސައްހަކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި، އެކަން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށްވެސް ފުލުހުން ބުންޏެވެ. މިފަދަ ކުށްތައް ހުއްޓުވުމަށް އެންމެންގެ އެއްބާރުލުން މުހިންމު ކަމަށް ފުލުހުން ފާހަގަކުރި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ސައިބަރ ސެކިއުރިޓީ އާއި ކްރައިސިސް މެނޭޖްމަންޓް ފެންވަރު ހަރުދަނާކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފުލުހުންގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރަން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

1 ދުވަސް ކުރިން - 23:15

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

3 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

3 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

3 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

3 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

5 ދުވަސް ކުރިން - 23:52