ބީއެމްއެލް ފަންޑުގެ އެހީގައި ވޭމަންޑޫ ސްކޫލުގައި ސެން ކްލާހެއް ގާއިމުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 56 ދުވަސް ކުރިން - 23 އޯގަސްޓް 2025 14:13
ވޭމަންޑޫ ސްކޫލުގައި މިއަދު ހުޅުވި ސެން ކުލާހުގެ ތެރެއިން: ފޮޓޯ/ ބީއެމްއެލް---
ވޭމަންޑޫ ސްކޫލުގައި މިއަދު ހުޅުވި ސެން ކުލާހުގެ ތެރެއިން: ފޮޓޯ/ ބީއެމްއެލް---
ޚުލާސާ

ބީއެމްއެލުން ވަނީ ވޭތުވެދިޔަ 5 އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދީފައި.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މި މަޝްރޫއުއަކީ ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެކެވެ. މިކަމާއި ގުޅިގެން ބީއެމްއެލުން ބުނެފައިވަނީ މި ކްރާސްރޫމް ތައްޔާރުކޮށްފައިވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކުރުމާއި އެހެން މީހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެންކަމަށެވެ.

މި ކްލާހުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކެއްކުމާއި ހެދުން ފެހުން ފަދަ އާންމު ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްރޫމުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަކީ ވޭމަންޑޫ ސްކޫލުގެ އަމާޒެކެވެ.

މި އަހަރުގެ މިހާތަނަށް ބީއެމްއެލުން ވަނީ ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފަ އެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ބީއެމްއެލުން ވަނީ ތަރައްގީކޮށްދީފަ އެވެ. މި ދެ މަޝްރޫއިން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދީފައިވާކަން ފާހަގަކޮށްލަންޖެހެ އެވެ.

އަދި ހަމައެހެންމެ، ބީއެމްއެލުން ވަނީ ވޭތުވެދިޔަ 5 އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ވެސް ފޯރުކޮށްދީފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%