އުރީދޫ މަސްރޭސް ފަށަން ތައްޔާރުވެއްޖެ!

އައިޝަތު ޝިފްނާ ހުސައިން | 59 ދުވަސް ކުރިން - 22 އޯގަސްޓް 2025 11:16
ކުރިން ބޭއްވުނު އުރީދޫ މަސް ރޭހެއްގެ ތެރެއިން.—ފޮޓޯ:އުރީދޫ
ކުރިން ބޭއްވުނު އުރީދޫ މަސް ރޭހެއްގެ ތެރެއިން.—ފޮޓޯ:އުރީދޫ
ޚުލާސާ

އުރީދޫން ނިންމާފައި ވަނީ މި އަހަރުގެ މަސްރޭސް ހުރާގެ އިތުރުން ށ. ފުނަދޫގައި ބާއްވަން.

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ މަސްރޭހުގެ ފުރަތަމަ ބުރު މިއަދު މެންދުރު ކ. ހުރާގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ބާއްވާ މި ފަހަރުގެ މަސްރޭހުގެ ފުރަތަމަ ބުރު މިއަދު މެންދުުރު ދޭއް ޖަހާއިރު ހުރާގައި ފަށާއިރު ޖުމުލަ 20 ޓީމު ވަނީ ބައިވެރިވެފައި ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނިީ މުބާރާތުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ އަށް ކޮށްފައިވާ ކަމަށާއި މިއީ ފޯރިގަދަ ހަރަކާތަކަށް ވާނެ ކަމަށެވެ.

އުރީދޫން ނިންމާފައި ވަނީ މި އަހަރުގެ މަސްރޭސް ހުރާގެ އިތުރުން ށ. ފުނަދޫގައި ބާއްވާށެވެ. ފުނަދޫގައި އެ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހުގަ އެވެ.

އުރީދޫ މަސް ރޭހުގައި ރަޖިސްޓަރީ ކުރެވޭ ގޮތަށް ހަމަޖައްސާފައި އޮތީ ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 12 މީހުންގެ ޓީމުތަކަށެވެ. މި ރޭހުގައި ކޮންމެ ރަށަކުން ވެސް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވާނެ އެވެ.

ކޮންމެ ރަށެއްގެ ޗެމްޕިއަންކަން ޓީމަށް 25،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. އަދި ދެ ވަނަ އަށް 10،000ރ. ތިން ވަނައަށް 5،000ރ. ދޭނެ އެވެ. އޭގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާ އަށް ވެސް ހާއްސަ އިނާމެއް ދޭނެ ކަމަށް އުރީދޫން ބުންޏެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%