އަބްދުއްރަހްމާން މަރާލިކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފި އެވެ.
މި ހާދިސާގައި ހައްޔަރު ކޮށްފައިވަނީ މުހައްމަދު ވިޝާމް، 22 އަހަރު (ލިލީފެހި، މާޅޮސް). އަހުމަދު ފާރިސް، 27 އަހަރު (ފިނިވާގެ، މާޅޮސް). އަހުމަދު އާޝިދު، 27 އަހަރު (ފިޔަ، މާޅޮސް) އެވެ.
އިއްޔެ ރޭ ދަންވަރު އެ ތިން މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ. އާޝިދުގެ ބަންދަށް ދިނީ ފަސް ދުވަހެވެ.
މި ކަމާއި ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނީ އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތައް ގެންދަނީ ކުރަމުންކަމަށެވެ.