މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ތާރު އަޅައި ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިިފި އެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. 144.5 މިލިއަން ރުފިޔާގެ މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރީ 455 ދުވަހުން ނިންމާ ގޮތަށެވެ.
ބޮޑުތަކުރުފާނު މަގު ހަދަން ފަށަނީ އެމްއެމްއޭ ކުރިމަތިންނެވެ. އެހެންވެ އެ ސަރަހައްދު މިހާރު ވަނީ އާއްމުނަށް ނުވަދެވޭގޮތަށް ބަންދުވެސް ކޮށްފަ އެވެ.
އެމްޓީސީސީން މައުލޫމާތުދޭގޮތުގައި ބޮޑުތަކުރުފާނު މަގު ހަދަނީ ތާރު އަޅައިގެންނެވެ. އެގޮތުން 830 މީޓަރު މަގެއް ހަދާއިރު 737 މީޓަރު ސަރަހައްދެއްގައި ޝީޓް ޕައިލް ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި މަޝްރޫއު ނިމޭއިރު އުޅަނދުފަހަރު ޕާކު ކުރަން އިތުރުޖާގަ އޮންނާނެ ކަމަށާއި ފެންހިންދާ ނިޒާމެެއްވެސް ގާއިމުުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތް އަންނަ ރޯދަމަހަށް ނިންމާލެވޭނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާނީ ރައްޔިތުންނަށް ދަތިނުވާގޮތަށް ވީހާވެސް ފަސޭހަވާނެ ގޮތަށް ކަމަށްވެސް އެކުންފުނިން ބުންޏެވެ.