Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްމާރުކޭޓުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅަނީ

މަސްމާރުކޭޓުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
339 ދުވަސް ކުރިން - 21 އޯގަސްޓް 2025 14:58
މާލޭ މަސްމާރުކޭޓު: ފޮޓޯ/ އިންޓަނެޓް---
މާލޭ މަސްމާރުކޭޓު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މިފަދަ ތަންތަނަކީ އެއްބަސްވުމެއްގެ ދަށުން ހިންގާ ތަނެއް ކަމުގައިވާނަމަ، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެ އެއްބަސްވުން ކައުންސިލަށް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައި.

މާލޭ މަސްމާރުކޭޓުގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް މާލޭ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފި އެވެ.

މިކަމާ ގުޅޭގޮތުން މިއަދު މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ، މާލޭ މަސްމާރުކޭޓުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި އެއްވެސް ރަސްމީ އެއްބަސްވުމެއް ނެތި، ގަވާއިދާ ހިލާފަށް ހިންގަމުންދާ ފިހާރަތަކާއި، ގުދަންތަކާއި އަދި އެހެނިހެން ބޭނުންތަކަށް ބޭނުންކުރަމުންދާ ތަންތަން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ތަންތަނަކީ އެއްބަސްވުމެއްގެ ދަށުން ހިންގާ ތަނެއް ކަމުގައިވާނަމަ، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެ އެއްބަސްވުން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ކައުންސިލުން ވަނީ އަންގައިފަ އެވެ.

Advertisement

Advertisement 1

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ލިޔުން ހުށަނާޅާއިފި ނަމަ، އެފަދަ ތަންތަނަކީ ބޭނުން ނުކުރާ ތަންތަން ކަމުގައި ބަލައި، އެ ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. މީގެ އިތުރުން، ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވޭ ފިހާރަތަކާއި، ގުދަންތަކާއި އަދި އެހެނިހެން ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރާއިރު، އެ ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި، ކުނީގެ ގޮތުގައި ނައްތާލެވޭނެ ކަމަށްވެސް ކައުންސިލުން ވަނީ އަންގައިފަ އެވެ.

މާލޭ މަސްމާރުކޭޓުގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާއިރު، އެތަން ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މިލިއަން ޑޮލަރުގެ ދެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށާ، އޭގެތެރެއިން ރަނގަޅީ ކޮން އެއްބަސްވުމެއްކަން އެނގި ވަޑައިނުގަންނަވާކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

މާލެ ސިޓީ ކައުންސިލްއާދަމް އާޒިމް (މާލޭ މޭޔަރު)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

35 ދުވަސް ކުރިން - 12:01

އަޅުގަނޑަކީ މޭ އައްޑަނައަކަށް ދިއްކުރި މީހެއް. އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުން: ޖަލީލް

އަޅުގަނޑު އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުން: ޖަލީލް

115 ދުވަސް ކުރިން - 12:42

މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ހޮވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗު ތާއީދުކުރައްވައިފި

ޖަލީލް ހޮވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗު ތާއީދުކުރައްވައިފި

118 ދުވަސް ކުރިން - 19:13

މި މަގާމަށް ކުރިމަތިލީ މާލޭގައި ދިރިއުޅޭ އާއިލާތަކުގެ ހާލަތު ވަރަށް ގާތުން އިހުސާސްކުރެވޭތީ: އަލައިކާ

"އ.ތ.މ ކޮމެޓީއަކީ ހަމައެކަނި ނަމެއްގައި އޮންނަންޖެހޭ ތަނެއްނޫން"

126 ދުވަސް ކުރިން - 16:08

ޖަލީލަށް ދެއްވާ ވޯޓަކީ މާލެއަށް ދެއްވާ ވޯޓެއް: ސަރަނގު އާދަމް މަނިކު

"ޖަލީލަށް ދެއްވާ ވޯޓަކީ މާލެއަށް ދެއްވާ ވޯޓެއް"

126 ދުވަސް ކުރިން - 15:49

ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުން: ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ބަންދުކޮށް މަސައްކަތް ފަށަނީ

ބޮޑުތަކުރުފާނުމަގު މަޝްރޫއު: އިތުރުބައެއް ބަންދުކޮށް މަސައްކަތް ފަށަނީ

132 ދުވަސް ކުރިން - 13:54