އެސްޓީއޯ ގެ 2025 ވަނަ އަހަރުގެ 30 ހާސް ކޫޕަންގެ ޕްރޮމޯޝަން ލޯންޗުކޮށްފި އެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން އަކީ އެސްޓީއޯ އިން އިމްޕޯޓުކޮށް އެތެރެކުރާ ޑެވެންޑޯލް ބްރޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.
އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި މި ކޫޕަން ލިބޭނީ އެސްޓީއޯގެ ހޯލްސޭލް އަދި ރީޓެއިލް ސެންޓަރުތަކުން ގަންނަ ކޮންމެ އެއް ލީޓަރުގެ ޑެވެންޑޯލް ފުލް ކްރީމް ކޭހަކަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ލިބޭ އިނާމު ތަކުގެ ތެރެއިން އެއްވަނަ އިނާމަކަށް 50 ހާސް ރުފިޔާ، ދެވަނަ އިނާމަކަށް 25 ހާސް ރުފިޔާ އަދި ތިން ވަނަ އިނާމަކަށް 15 ހާސް ރުފިޔާ ހިމެނެ އެވެ. އަދި ކޮންމެ ހަފްތާއަކު ނަސީބުވެރި ފަސް ފަރާތަކަށް އެއް ހާސް ރުފިޔާ ވެސް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އިތުރަށް އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް، އެސްޓީއޯ ވިލިމާލެ ފިހާރަ އަދި އެސްޓީއޯ ހުޅުމާލެ ހޯލްސޭލް ސެންޓަރުގައި 31 ސެޕްޓެމްބަރާ ހަމަ އަށް ކަމަށެވެ.