އަބްދުއްރަހްމާން އާދަމްގެ މަރާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 60 ދުވަސް ކުރިން - 21 އޯގަސްޓް 2025 10:35
އަބްދުއްރަހްމާން މަރާލާފައި އޮތް ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި: ފޮޓޯ/ ދައުރު----
އަބްދުއްރަހްމާން މަރާލާފައި އޮތް ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި: ފޮޓޯ/ ދައުރު----
ޚުލާސާ

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް "ޚުލާސާ" އިން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން، މީޑިއާ އޮފިޝަލު ބުނެފައިވަނީ އަބްދުއްރަހްމާންގެ މަރާގުޅިގެން ތިން މީހަކު ހައްޔަރުކުރެވިފައިވާކަމަށް.

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަބްދުއްރަހްމާން އާދަމްގެ މަރާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް "ޚުލާސާ" އިން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން، މީޑިއާ އޮފިޝަލު ބުނެފައިވަނީ އަބްދުއްރަހްމާންގެ މަރާގުޅިގެން ތިން މީހަކު ހައްޔަރުކުރެވިފައިވާކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ދީފައެއްނުވެ އެވެ.

މިމައްސަލައާ ގުޅިގެން މީގެކުރިން ފުލުހުން ވަނީ އަބްދުއްރަހްމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފަ އެވެ. އަދި ތިން ގެއެއް ބަލައި ފާސްކޮށް، ތިން މީހެއްގެ ފޯނާއި އަންނައުނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން، އޭނާގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާއި ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއިއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދާ ދެނެގަތުމަށްޓަކައި މަސައްކަތަކެއް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

65 އަހަރުގެ އަބްދުއްރަހްމާން އާދަމްއަށް ހަމަލާދީފައި އޮއްވާ ފެނިފައިވަނީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:15 ހާއިރު ގޭގައި ނިދާފައި އޮއްވަ އެވެ. އޭނާ މަރުވެފައިވަނީ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އެރޭ ފަތިހުގެ ވަގުތެއްގަ އެވެ. ފުލުހުން އޭނާގެ ޕޯސްޓްމޯޓަމް ހަދާފައިވާއިރު، އޭނާ މަރުވެފައިވަނީ ބޮލަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުންކަމަށް ރިޕޯޓުން ދައްކަ އެވެ.

މި މައްސަލަ އެރަށުގައި ތިބޭ ފުލުހުން ވެސް ތަހުގީގު އަންނައިރު އޭގެއިތުރުން މާލެއިން ވެސް ހާއްސަ ތަހުގީގު ޓީމެއް އެރަށަށް ގޮސް މިމައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%