Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ވަން ޕީސް"ގެ މަޝްހޫރު ތަރި ޓެޒް ސްކައިލާ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސަޑަރަކަށް ހަމަޖައްސައިފި

"ވަން ޕީސް"ގެ މަޝްހޫރު ތަރި ޓެޒް ސްކައިލާ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސަޑަރަކަށް ހަމަޖައްސައިފި

އައިޝަތު ރުވާ ރިފްޢަތު
385 ދުވަސް ކުރިން - 20 އޯގަސްޓް 2025 16:27
"ވަން ޕީސް"ގެ މަޝްހޫރު ތަރި ޓެޒް ސްކައިލަރ
"ވަން ޕީސް"ގެ މަޝްހޫރު ތަރި ޓެޒް ސްކައިލަރ
ޚުލާސާ

ސްކައިލަރގެ އެމްބެސެޑަރޝިޕްގެ ދަށުން، ދިވެހިރާއްޖޭގެ ހިތްގައިމު ޤުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އިތުރުން، ޚާއްސަކޮށް އެޑްވެންޗަރ ފަތުރުވެރިކަމުގެ ފުރުޞަތުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ޕްރޮމޯޓްކުރެވިގެންދާނެ.

ދުނިޔޭގެ އެންމެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްގެ ރެކޯޑްތައް މުގުރާލި "ވަން ޕީސް" ސީރީޒްގެ މަޝްހޫރު ތަރި ޓެޒް ސްކައިލާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ބައިނަލްއަގުވާމީ މޫނަކަށް، ނުވަތަ ގްލޯބަލް އެމްބެސަޑަރަކަށް ވިޒިޓް މޯލްޑިވްސްއިން ހަމަޖައްސައިފި އެވެ.

"ވަން ޕީސް" ސީރީޒްގައި "ސްޓްރޯ ހެޓް ޕައިރޭޓްސްގެ ފަންނުވެރި ކައްކާ، ސަންޖީގެ ރޯލު އަދާކުރާ ސްކައިލާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރި އެވެ. އެގޮތުން، ސްކައިލާގެ އެމްބެސެޑާޝިޕްގެ ދަށުން، ދިވެހިރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އިތުރުން، ހާއްސަކޮށް އެޑްވެންޗާ ފަތުރުވެރިކަމުގެ ފުރުސަތުތައް ބައިނަލްއަގުވާމީ ފެންވަރުގައި ޕްރޮމޯޓުކުރެވިގެންދާނެ އެވެ.

އެގޮތުން، "ވަން ޕީސް" ސީރީޒް ވެގެންދިޔައީ ނެޓްފްލިކްސްގެ ގިނަ އަދަދެއްގެ ރެކޯޑް މުގުރާލައި، 84 ގައުމެއްގައި އެންމެ ގިނައިން ބަލާ ޝޯ ތަކު ތެރެއިން އެއް ޝޯއަށެވެ. މިއީ "ވެޑްނެސްޑޭ" އަދި "ސްޓްރޭންޖާ ތިންގްސް" އިން ކުރިން ހޯދާފައިވާ ރެކޯޑުތައް މުގުރާލި ކާމިޔާބީއެކެވެ. މި ސީރީޒްއަކީ، ފާޑުކިޔުންތެރިންނާއި ފޭނުންގެ މެދުގައި މިހާތަނަށް އެންމެ ރަނގަޅު ލައިވް-އެކްޝަން އެނިމޭ އެޑަޕްޓޭޝަންތަކުގެ ތެރެއިން އެއް އެޑަޕްޓޭޝަން ކަމުގައި ފާހަގަކުރެވެ އެެވެ.

Advertisement

Advertisement 1

އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ސޯޝަލް މީޑިއާ ބޭނުންކޮށްގެން، ވިޒިޓް މޯލްޑިވްސްއަށް އާ ބައިނަލްއަގުވާމީ އޯޑިއަންސްއަކާ ހަމައަށް ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ. އާންމުކޮށް ޕޯސްޓަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބެމުންދާ ސްކައިލާގެ ސޯޝަލް މީޑިއާގެ ސަބަބުން ދިވެހީންގެ އާދަކާދައާއި، ރާއްޖޭގެ ކަލިނަރީ އަދި އެޑްވެންޗާ ފަތުރުވެރިކަމުގެ ވާހަކަތައް، ދިވެހިވަންތަކަމާއި ޝައުގުވެރިކަމާއެކު ދައްކުވައިދިނުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރި އެވެ.

މީގެއިތުރުން ވިޒިޓް މޯލްޑިވްސްއިން ބުނީ ސްކައިލާ ދިވެހިރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި، ދިވެހިރާއްޖޭގެ މަޖާކަންތައްތަކާއި ކެއުމުގެ ދާއިރާ ދުނިޔެއަށް ދައްކުވައިދޭ މާކެޓިން ހަރަކާތްތަކުގައި އޭނާ ބައިވެރިވާނެކަމަށެވެ.

ފަތުރުވެރިކަންވިޒިޓް މޯލްޑިވްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސީ.އައި.އެސް ސަރަހައްދުގެ 3 ސިޓީއެއްގައި ބާއްވާ ރޯޑްޝޯގައި 25 ކުންފުންޏަކުން ބައިވެރިވަނީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބާއްވާ ރޯޑްޝޯގައި ރޯޑްޝޯގައި 25 ކުންފުންޏަކުން ބައިވެރިވަނީ

1 ދުވަސް ކުރިން - 11:34

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

4 ދުވަސް ކުރިން - 12:32

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

6 ދުވަސް ކުރިން - 13:57

އޮގަސްޓު މަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

އޮގަސްޓުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

8 ދުވަސް ކުރިން - 12:07