އެސްޓީއޯ ޕީޕަލްސް ޗޮއިސުން "މެގަ ސޭލް ޕްރޮމޯޝަން" ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯއިން ބުނިގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ތަފާތު ދެ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސުން 500 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވުމަށް ކޫޕަނެއް ލިބިގެންދާނެ އެވެ. ލަކީ ޑްރޯއިގެ ގުރުއަތުން ތިން ނަސީބުވެރި ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރި ފަރާތްތްކަށް އަގުހުރި ގިނަ އިނާމު ތަކެއް ދިނުމަށް ވަނީ ރާވާފަ އެވެ. އެގޮތުން ދޭ އިނާމުތަކުގެ ތެރޭގައި:
- އެއްވަނަ އަށް ހޮވޭ ފަރާތަކަށް - ފިލިޕްސް 50 އިންޗިގެ ޓީވީ އަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑް ގެ އައިސްއަލަމާރިއެއް
- ދެވަނަ އަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ވޯޓާ ޑިސްޕެންސާ، ދޮންނަ މެށިން އަދި ހިޓާޗީގެ ފަންކާއެއް
- ތިންވަނައަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ޑިޝް ވޮޝާ އަދި ރައިސް ކުކަރެއް
މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައިވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށް އެސްޓީއޯ އިން ބުންޏެވެ. އެ ގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖް ތަކަށް ފޮލޯ ކުރުމަށް ފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ޕޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާ ކޮށްގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕާއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ހަމައެއާއިއެކު "މެގަ ސޭލް" ދަށުން ވިއްކާ ޕްރޮޑަކްޓްތައް ބައްލަވައިގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގާއެކު ޕްރޮޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮއްލައިގެން ވަރަށް އަގުހުރި ފިލިޕްސް އެއާ ފްރަޔާ އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓް ތަކަކުން 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 20 އޮގަސްޓް 2025 އިން ފެށިގެން 20 އޮކްޓޯބަރު 2025 ގެ ނިޔަލަށެވެ.









