އަންނަ އަހަރު ކިޔެވުންފެށެންވާއިރަށް ހިމަންދޫ ސްކޫލްގެ އާ އިމާރާތް ބޭނުންކުރަން ފެށޭނެ:ރައީސް

އައިޝަތު ޝިފްނާ ހުސައިން | 42 ދުވަސް ކުރިން - 19 އޯގަސްޓް 2025 17:39
ހިމަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ.--ފޮޓޯ:ރައީސް އޮފީސް
ހިމަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ.--ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ހިމަންދޫ ރައްޔިތުން ލެބޯޓްރީގެ ހިދުމަތް ހޯދުމަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭގޮތަށް، ސިއްހީ މަރުކަޒުގެ ލެބޯޓްރީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވި.

އަންނަ އަހަރުގެ ކިޔެވުންފެށެންވާއިރަށް ހިމަންދޫ ސްކޫލްގެ ކްލާސްރޫމް އިތުރުކުރުމަށް ހަދަމުންދާ އިމާރާތް ބޭނުންކުރެވޭ ވަރަށް މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހިމަންދޫ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގެ ބޭނުންކުރަން މިއަދު ފެށިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ތަނުގައި ހިމަންދޫ ރައްޔިތުން ލެބޯޓްރީގެ ހިދުމަތް ހޯދުމަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭގޮތަށް، ސިއްހީ މަރުކަޒުގެ ލެބޯޓްރީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރުތެރޭގައި މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް ބޯލް ކޯޓްއެޅުމުގެ ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަފުޅު ދައްވަކަމުން، އެމަނިކުފާނު ވަނީ، މިއަހަރު ހިމަންދޫގައި ހޭންޑްބޯލް ކޯޓެއް އަޅައި، އިންޑޯ ޖިމެއް އަޅައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%