Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގައުމުގެ ކަންތައް ރަނގަޅުކުރަން ބޭނުންނަމަ މީޑިއާ އިސްލާހުވާންޖެހޭ: ނާޒިމް

ގައުމުގެ ކަންތައް ރަނގަޅުކުރަން ބޭނުންނަމަ މީޑިއާ އިސްލާހުވާންޖެހޭ: ނާޒިމް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
330 ދުވަސް ކުރިން - 19 އޯގަސްޓް 2025 12:06
އްގަރު ދާއިރާގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: ފޮޓޯ/ އިންޓަނެޓް---
އްގަރު ދާއިރާގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ނާޒިމް މިބީދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މިއަދު މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި.

ގައުމުގެ ކަންތައް ރަނގަޅުކުރަން ބޭނުންނަމަ މީޑިއާ އިސްލާހުވާންޖެހޭކަމަށް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިބީދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މިއަދު މަޖިލީހަށް ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ

ނާޒިމް ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ ހާލަތަށް ބަލާއިރު ފެންނަމުން ދަނީ އެއްވެސް ހިފެހެއްޓުމެއްނެތި އަދި އެއްވެސް އިމެއް ނެތި، މީހުންގެ އަބުރަށް އަރައިގަންނަ ތަންކަމަށާއި އާންމު މަސްލަހަތު ގެއްލުވާލާތަން ކަމަށެވެ. އަދި ކުދި ރަށްރަށާ ގައުމުގެ ވަކި ސަރަހައްދުތަކުގައިވެސް މަސްލަހަތު ގެއްލޭގޮތަށް މީޑިއާތަކުން ހަރަކާތްތެރިވަމުންދާކަމަށް ނާޒިމް ވިދާޅުވި އެވެ.

Advertisement

Advertisement 1
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ރާއްޖޭގައި އޮޕަރޭޓްކުރާ މީޑިއާތަކަކީ ވަރަށް ތިލަކޮށް ވަރަށް ސާފުކޮށް ދަންނަވާކަމަށްވަންޏާ ޗެކްބުކް މީޑިއާއެއް ރާއްޖޭގައި މިއޮތީ. ފައިސާ ދިނީމާ ފައިސާ ދޭގޮތަކަށް ސުރުހީ ޖަހައިދޭނެ، 100 ޕަސެންޓް ސުރުހީ ނަގައިވެސް ދޭނެ."
ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވެފައި ވަނީ މީޑިއާތަކަކީ ވަކި ބައެއްގެ ނުފޫޒުގެ ދަށުގަ ދަށުވެފަ ވަކި ބައެއްގެ އަތުގައި އޮންނަ އެއްޗަކަށްވެގެން ނުވާނެކަމަށެވެ. އަދިހަމައެހެންމެ، ޒިންމާދާރުކަމާއެކު ނޫސްވެރިކަން އަދާކުރާ ފަރާތްތަކަށް އެންމެ ފައިދާވާނެ ގޮތަކީ މިނިވަން މީޑީއާއެއް އޮވެ ޕްރޮފެޝަނަލްކޮށް ނޫސްވެރިކަން ކޮށް އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ގޮތެއް ހޯދުންކަމަށް ނާޒިމް ވިދާޅުވި އެވެ. ވެރިކަމަށް އަންނަ ސަރުކާރެއްގެ ފަހަތުގަ ސަރުކާރުންދޭ އެއްޗެއް ބަލައިގަނެގެން ސަރުކާރަކުން ބޭނުންވާ ގޮތަކަށް ހަބަރު ލިޔެގެން އެސަރުކާރަކުން ބޭނުންވާ ގޮތަށް ނޫސްވެރިން ކަންތައް ކުރާކަމަށް ވާނަމަ ރާއްޖޭގެ ނޫސްވެރިކަން ދުވަހަކުވެސް ކުރިއަރައިގެން ނުދާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމް
Ad
Ad

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

39 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

40 ދުވަސް ކުރިން - 12:12

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%