Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަސްމާލެ މަޝްރޫއުގެ ސްޕީޑް ވަރަށް ރަނގަޅު: މިހާތަނަށް 12.6 ޕަސެންޓުގެ ބިން ހިއްކައި އިތުރު މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށް

ރަސްމާލެ މަޝްރޫއުގެ ސްޕީޑް ވަރަށް ރަނގަޅު: މިހާތަނަށް 12.6 ޕަސެންޓުގެ ބިން ހިއްކައި އިތުރު މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
387 ދުވަސް ކުރިން - 18 އޯގަސްޓް 2025 17:16
ރަސްމާލެ: ފޮޓޯ/ ޚުލާސާ---
ރަސްމާލެ: ފޮޓޯ/ ޚުލާސާ---
ޚުލާސާ

މި މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް ރަސްމާލެއިން ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން 65،000 ގޯއްޗާއި ފްލެޓް ދިނުމަށް ނިންމާފައިވާކަމަށް ސަރުކާރުން ބުނޭ.

ރަސްމާލެ މަޝްރޫއުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމުގެ އިތުރުން، އެ މަޝްރޫއުގެ އިތުރު މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ، މިއަދު ރަސްމާލެ މަޝްރޫއު ހިނގަމުންދާ ގޮތް ނޫސްވެރިންނަށް ދައްކާލަމުންނެވެ. އެގޮތުން މިމަޝްރޫއުގެ ދަށުން 1،009 ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި 1،009 ހެކްޓަރުގެ ތެރެއިން މިވަގުތު ހިއްކިފައިވަނީ ޖުމުލަ 129 ހެކްޓަރުގެ ސަރަހައްދެކެވެ. އެއީ މަޝްރޫއުގެ 12.6 އިންސައްތަ އެވެ. ރަސްމާލެ ހިއްކާ ނިމުމުން ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން، 65،000 ގޯއްޗާއި ފްލެޓް ދިނުމަށް ނިންމާފައިވާކަމަށް ސަރުކާރުން ބުނެ އެވެ.

Advertisement

Advertisement 1

ރަސްމާލެއަކީ ހުޅުމާލޭގެ ތިން ފިޔަވަހި ހިމެނޭ ސަރަހައްދަށްވުރެ ތިން ގުނަ ބޮޑު ސަރަހައްދެކެވެ. އަދި ހަމައެހެންމެ ރަސްމާލެ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އީކޯ ފްރެންޑްލީ ނުވަތަ ތިމާވެއްޓާ ރައްޓެހި ސިޓީއެއްގެ ގޮތުގަ އެވެ. މި ސިޓީގެ އެންމެ ތަފާތު އެއްކަމަކީ މާލެ އަދި ހުޅުމާލެ ދެތަނުގައި ލިބެން ހުންނަ ހިދުމަތްތައް އެއްރަށަކުން އެއް ސިޓީއަކުން ލިބެން ހުރުމެވެ.

މާލެއިން ފުރައިގެން ރަސްމާލެއަށް 22 މިނެޓުން ދެވެ އެވެ. މާލެއާ ރަސްމާލެއާ ދެމެދު ފެރީގެ ނިޒާމަކުން ގުޅާލާނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މީގެ އިތުރުންވެސް މާލެއާ ރަސްމާލެއާ ދެމެދު ކަނޑުއަޑީގައި ޓަނަލެއް އަޅަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. މި ޓަނަލްގެ މަސައްކަތް ނިމުމުން ކަނޑުމަގުން މާލެއިން ރަސްމާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އަންނާނެ އެވެ.

ރަސްމާލެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

16 ދުވަސް ކުރިން - 23:03

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

72 ދުވަސް ކުރިން - 12:43

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

139 ދުވަސް ކުރިން - 17:01

ރަސްމާލެއިން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރަސްމާލެއިން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

161 ދުވަސް ކުރިން - 20:15

ރަސްމާލެއިން ހުޅުމާލޭގެ ދެ ފޭސް ވަރުގެ ބޮޑު ސަރަހައްދެއް ހިއްކައިފި: ރައީސް

ރަސްމާލެއިން 380 ހެކްޓަރުގެ ބިން ހިއްކައިފި: ރައީސް

195 ދުވަސް ކުރިން - 23:40

ގޯއްޗަށް 1,633 އަދި ފްލެޓަށް 3,434 ފޯމު ހުށަހަޅައިފި

ގޯއްޗާއި ފްލެޓަށް 5،000 އަށްވުރެ ގިނަ ފޯމު!

198 ދުވަސް ކުރިން - 20:57